English Edition
Dhivehi Edition

އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން މި އަހަރުވެސް ތަފާތު ގިނަ އެކިވައްތަރުގެ މީރު ކެއުމާއި ބުއިން ތައްޔާރު ކުރާނެ ގޮތް މި ކޮލަމްގެ އެހީގައި އޭއޯ އިން ކޮންމެ ދުވަހަކުވެސް ގެނެސްދޭނެއެވެ.

އެގޮތުން ރޯދަ މަހުގެ ތޭވީސްވަނަ ދުވަހަށް ޚާއްޞަ ކޮށްގެން ރެސިޕީއެއްގެ ގޮތުގައި މި ގެނެސްދެނީ ޕައިނެޕަލް ލައިމް މޮކްޓެއިލް ތައްޔާރުކުރާނެ ގޮތެވެ.

ބޭނުންވާތަކެތި:

1 މޭޒުމަތީ ސަމުސާ މާމުއި

އެޑިބްލް ގޯލްޑް ގްލިޓަރ

ކުޑަ ކޮރިއަންޑާ ފަތް ކޮޅެއް

1 ލުބޮލުގެ ހުތް

750މލ އަލަނާސި ޖޫސް

އައިސް ކިއުބް

400މލ ސްޕަރައިޓް

ތައްޔާރުކުރާނެގޮތް:

ޕޭސްޓްރީ ފިހިކޮޅުގައި މާމުއި ހޭކުމަށް ފަހު ބިއްލޫރި ތަށީގައި ހުރަހަށް ލައިން އެއް އަޅާލާށެވެ. ދެން އެޑިބްލް ގްލިޓަރ ޕައުޑަރ މިލައިންގައި ހާކާލާފައި ފްރިޖްގައި ބަހައްޓާށެވެ.

ކޮކްޓެއިލް ޝޭކާ އަށް ކޮރިއަންޑާ ފަތް، ލުނބޯ ހުތް، އަލަނާސި ޖޫސް އަދި އައިސް ކިއުބް އަޅާފައި ޝޭކް ކޮށްލާށެވެ. ދެން ބިއްލޫރި ތަށްޓަށް އަޅާފައި އައިސް ކިއުބް، ސްޕްރައިޓް ވެސް އަޅާފައި ސާރވް ކުރާށެވެ.