English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ހުކުރު ދުވަހަށް ހާއްސަކޮށްލައިގެން ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ރޯދަ ވީއްލާއިރު ކާލަން މީރު ސޮސެޖް ފްރައިޑް ރައިސް އެއް ހަދާލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

3 ޖޯޑު ބާސްމަތީ ހަނޑުލުގެ ބަތް

3 ސޮސެޖް (ކުދިކޮށް ކޮށާލާފައި)

1 ބޮޑު ކެޕްސިކަމް (ހިމުންކޮށް ކޮށާފައި)

½ ޖޯޑު ގްރީން ބީންސް (ތުނިކޮށް ކޮށާލައިފައި)

½ ޖޯޑު ކެރެޓް (ގާނާފައި)

½ ޖޯޑު ކެބެޖް (ހިމުންކޮށް ކޮށާފައި)

1 ފިޔާ (ހިމުންކޮށް ކޮށާފައި)

1 ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައި)

1 ސައިސަމުސާ ގާރލިކް ޕޭސްޓް

1 ސައިސަމުސާ ޖިންޖަރ ޕޭސްޓް

1 މޭޒުމަތީ ސަމުސާ ސޯޔާސޯސް

½ ސައިސަމުސާ މުގުރި އަސޭމިރުސް

½ ސައިސަމުސާ އަޖިނަމޮޓޯ

1 ބިސް

ލޮނުކޮޅެއް

ތެޔޮ ފޮދެއް

ތައްޔާރުކުރާނެގޮތް:

ތަވާ އުނދުން މައްޗަށް އުނދާލުމަށްފަހު ތެޔޮ ފޮދެއް އަޅާފައި ތެޔޮފޮދު ހޫނުވުމުން ފިޔާ، މިރުސް، ކެބެޖް، ކެރެޓް، ކެޕްސިކަމް، ގްރީން ބީންސް އަޅާފައި މަޑުގިނީގައި ދޭފަތުން ހަލަމުން ދާށެވެ. ފިޔާ ކޮޅު މޯޅިވުމުން ސޮސެޖް އަޅާލާށެވެ. ސޮސެޖް ކޮޅު ރޯފިލުމުން ގާރލިކް އަދި ޖިންޖަރ ޕޭސްޓް، މުގުރި އަސޭމިރުސް، އަޖިނަމޮޓޯ، ސޯޔާސޯސް އަޅާފައި ބިސްވެސް ތަޅާލައިފައި ލޮނު ރަހަލާނެ ވަރަށް ލޮނު އަޅާށެވެ. މަޑުގިނީގައި ހުރިހާ ބާވަތެއް އެއްވާނެ ވަރަށް ދޭފަތަކުން ހަލާލުމަށްފަހު ބަތް ކޮޅު އަޅާފައި ރަހަ ހިފާނެ ވަރަށް މަޑުގިނީގައި ބަހައްޓައިން ރަނގަޅަށް އެއްކޮށްލުމަށްފަހު އުނދުން ނިއްވާލުމަށް ފަހު ސާރވް ކުރާށެވެ.