English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ރޯދަ ވީއްލާގަޑީގައި ކާލެވޭނެ ސިއްހަތަށް ފައިދާ ހުރި ސީފުޑް ސޫޕް އެއް ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

2 ޖޯޑު ފެން

2 މޭޒުމަތީ ސަމުސާ ކަޓްލް ފިޝް (ކުދިކޮށް ކޮށާފައި)

2 މޭޒުމަތީ ސަމުސާ ޕްރޯންސް

2 މޭޒުމަތީ ސަމުސާ ވައިޓް ފިޝް (ކުދިކޮށް ކޮށާފައި)

⅓ ސައިސަމުސާ އަޖިނަމޮޓޯ

1 ސައިސަމުސާ ކޯން ފްލަރ

1 ބިސް

1 ސައިސަމުސާ ޓޮމާޓޯ ޕޭސްޓް

ލޮނުކޮޅެއް

 

ތައްޔާރުކުރާނެ ގޮތް:

އުނދުން މައްޗަށް ތެއްޔެއް އުނދާފައި ތެއްޔައް 2 ޖޯޑު ފެން އަޅާށެވެ.ފެން ކޮޅު ކެކިގަތުމުން ކަޓްލް ފިޝް، ޕްރޯންސް، ވައިޓް ފިޝް އަޅާފައި ރޯފިލަންދެން ކައްކާލާށެވެ. މަސްކޮޅުތައް ރޯފިލުމުން ކޯން ފްލަރ ވަކިން ތައްޓެއްގައި ގިރާލުމަށްފަހު މަސްކޮޅުތެރެއަށް އަޅާށެވެ. ލޮނު، އަޖިމޮޓޯ އަދި ޓޮމާޓޯ ޕޭސްޓްވެސް އަޅާލާށެވެ. މަޑު ގިނީގައި ދޭފަތުން ހަލަމުން 2 މިނެޓް ވަރު ކައްކާލުމަށްފަހު ބިސް ވަކިން ތައްޓެއްގައި ގިރާލުމަށްފަހު ތެއްޔަށް އަޅާލާށެވެ. ބިސް ރަނގަޅަށް ކެކި ގަތުމުން އުނދުނުގެ ހުޅު ނިއްވާލުމަށްފަހު ސޫޕް ތައްޓަކަށް ސޫޕް އަޅާށެވެ.

ނޯޓް: ސޫޕް އަށް ލުނބޯ ހުތް ޖަހައިން ކެއުމުން މީރުވާނެއެވެ. އަދި ޓޯސްޓް ކޮށްފައިވާ ޕާން ސޫޕްގައި ޖައްސައިން ކާލަންވެސް މީރުވާނެއެވެ.