English Edition
Dhivehi Edition

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ކޮމްޕިއުޓަރ ޓެކްނީޝަނެއް ބޭނުން ވެފައިވާ ކަމަށް ސަރުކާރު ގެޒެޓް ގައި ޝާއިއު ކޮށްފިއެވެ.

އިޢުލާނު ނަމްބަރު 242/242/2021/13 (IUL) ގައި ބުނެފައިވާ ގޮތުން އެމް އެސް ރޭންކް ދާއިމީ މި ވަޒީފާއަށް ޝަރުތު ހަމަވާ ކަމަށް ވަނީ ކޮމްޕިއުޓަރ ސައިންސްއާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާޞިލްކޮށްފައިވާ މީހަކަށެވެ.

މަޤާމުގެ މަސްއޫލިއްޔަތު ތެރޭގައި:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމަޔަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަރވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލް ފުރިހަމައަށް ޖަވާބުދާރީވުން
  3. ފިންގަރޕްރިންޓް ސިސްޓަމަށް ދިމާވާ މައްސަލަތައް ޙައްލުކޮށް ބެލެހެއްޓުން
  4. އެން.ސީ.އައި.ޓީގެ ފަރާތުން ރަށުކައުންސިލްތަކުގެ އީ-ގަވަރމަންޓްގެ ޚިދުމަތް ދިނުމަށްޓަކައި އަތޮޅުތެރޭ ރަށްރަށުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން
  5. ކޮމްޕިއުޓަރ ސިސްޓަމްތަކަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރަނގަޅުކޮށް ބެލެހެއްޓުން
  6. ކޮމްޕިއުޓަރ ސިސްޓަމްތައް ފޯމެޓްކުރުމާއި، ސޮފްޓްވެއަރ ހޯދުމާއި، އައި.ޓީ ޔުނިޓަށް ހޯދަންޖެހޭ ތަކެތި ހޯދުން.
  7. ފޯންލައިންތަކަށް ދިމާވާ މައްސަލަތައް ވެވުނުހާއަވަހަކަށް ރަނގަޅުކުރުމާއި، ރަނގަޅުކުރެވޭ ކަމެއް ދިމާވެއްޖެނަމަ ދިރާގު މެދުވެރިކޮށ އެކަމެއް ކުރުން
  8. އައި.ޓީ. ޔުނިޓަށް ބޭނުންވާ ތަކެތި ހޯދުމާއި، އައިޓީ މަސައްކަތް ދުވަހުން ދުވަހަށް ނިންމުމުގެ މަސައްކަތް ކުރުން
  9. ކައުންސިލަށް ބޭނުންވާ އެކިއެކި ޕްރޮގްރާމްތައް ހެދުމާއި، އެއާއި ގުޅޭ މަސައްކަތްތައް ކުރުން
  10. އެން.ސީއައ.ޓީން ކައުންސިލާއި ހަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އެއާއިގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  11. ކައުންސިލްގެ ވެބްސައިޓާއި، ފޭސްބުކް ޕޭޖްގެ އެންމެހައި މަސައްކަތް ކުރުން
  12. ކައުންސިލްގެ ރަސްމީ ދަތުރުތަކުގައި ބައިވެރިވުން
  13. އަތޮޅުކައުންސިލް އިދާރާގެ ސާރވާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، ސާރވާގެ ބެކަޕް މަދުވެގެން ހަފްތާއަކު އެއްފަހަރު ނަގައި ރައްކާތެރިކަމާއެކު ބެލެހެއްޓުން ހިމެނެއެވެ

ވަޒީފާ އަދާކުރަން ޖެހޭ ތަނުގެ ގޮތުގައި އިއުލާނުގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާ، ގދ. ތިނަދޫ ވާއިރު މުސާރައިގެ ގޮތުގައި މަހަކު 6295.00 ރުފިޔާ އަދި ސަރވިސް އެލޮވެންސް ގޮތުގައި 2000 ރުފިޔާ ލިބޭނެކަމަށްވެއެވެ. މީގެ އިތުރުން ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތާއި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން އާއިސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވަ އުޞޫލުން އިތުރުގަޑީގެ ފައިސާ އަދި ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 މަހަކު ލިބޭނެ ކަމަށްވެއެވެ.

މިމަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ސުންގަޑިއަކީ 09 މެއި 2021 ގެ 12:00 ގެ ކުރިން، ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށްވެއެވެ.

https://www.gazette.gov.mv/iulaan/view