English Edition
Dhivehi Edition

“އޭއޯގެ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ އިންޑިއާ މީހުން ނާސްތާއަށްފަހު ބޭނުންކުރާ ޑެޒާޓެއް ކަމަށްވާ “ގުލާބުޖާމުން” ތައްޔާރުކުރާނެގޮތެވެ. ގުލާބު ޖާމުން އަކީ އިންޑިއާގެ ވަރަށް މަޝްހޫރު ފޮނި ކާއެއްޗަކަށްވީ ނަމަވެސް އަޅުގަނޑުމެންގެ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު ޑެޒަޓެކެވެ.

ބޭނުންވާތަކެތި:

ސިރަޕްއަށް:-

1 ޖޯޑު ހަކުރު

2 ޖޯޑު ފެން

5 ކާފޫރު ތޮޅި

3 އިންޗި ފޮނިތޮށި

2 ސައިސަމްސާ ރޯސްވޯޓަރ

ގުލާބުޖަމުން ފުށްގަނޑު ތައްޔާރުކުމަށް:-

2 ޖޯޑު ހިކި ކިރު

4 މޭޒުމަތީ ސަމްސާ ފުށް

1 މޭޒުމަތީ ސަމްސާ ބޭކިންގ ޕައުޑަރ

1/2 ޖޯޑު ކިރު

1/2 ސައިސަމްސާ ކާޑެމަން ޕައުޑަރ

200 އެމްއެލް ގީ /ތެޔޮ

ތަައްޔާރުކުރާނެގޮތް:

ސިރަޕް: އެންމެ ފުރަތަމަ ތެއްޔަކަށް ފެންއަޅާފައި ކެކިގަތީމަ ރޯސްވޯޓަރ ފިޔަވައި ބާކީ ތަކެތި އެޅުމަށްފަހު ރަނގަޅަށް ރަހަ ނިކުންނަ ވަރަށް ކައްކާލާށެވެ. ދެން ކެކިގަތީމަ ރޯސްވޯޓަރ ވެސް އަޅާށެވެ.

ގުލާބްޖާމުން ގުޅަހެދުމަށް:

ތައްޓަކަށް ފުށް، ހިކިކިރު، ކާޑެމަން ޕައުޑަރ އަދި ބޭކިންގ ޕައުޑަރ ފުރާނާފައި އަޅާލާށެވެ. ދެން ދިޔާކިރު އެޅުމަށްފަހު ރަނގަޅަށް މޮޑެލާށެވެ. ރަނގަޅަށް މޮޑެލުމަށްފަހު، މަޑުމަޑުން ކްރެކް ނުވާގޮތަށް ގުޅަހަދާށެވެ. ގުޅަހަދާނީ ކުދިކޮށް ހުނަންވަރަށް، އެއީ ތެލުލުމަށްފަހު ސިރަޕްގައި ފޯކުރަންޖެހޭތީ. ރީއްޗަށް އެއްވަރަކަށް ގުޅަހެދުމަށްފަހު ތަވަޔަށް ތެޔޮ ނުވަތަ ގިތެޔޮ އެޅުމަށްފަހު ގޯލްޑެން ބްރައުން ކުލައަރަންދެން ގުޅަަތައް ރޯފިލަންދެން ތެލުލާފައި ސިރަޕްތެރެއަށް އަޅާފައި ފޯވަންދެން ބެހެއްޓުމަށްފަހު ފޯވީމާ ނަގާފައި ތައްޓަކަށް އެޅުމަށްފަހު ސާރވް ކުރާށެވެ.