English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ކޮމިއުނިޓި ސްޕްރެޑެއް އޮތްކަމަށް ގަބޫލުކުރައްވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންއަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް ހުޅުމީދޫ ހެލްތް ސެންޓަރުގެ މެނޭޖަރ އިބްރާހީމް ދީދީ އެދިވަޑައިގެންފިއެވެ.

މިމަހުގެ 29 ވަނަ ދުވަހުން ފެށިގެން މިއަދުގެ މިހާތަނަށް ހުޅުދޫ މީދޫ އިން 12 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިބްރާހީމް ދީދީ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހެދުމާއި ސާމަޕަލް ނެގުމުގެ މަސައްކަތް ބާރަށް ކުރިއަށް ދާކަމަށެވެ. އަދި މީގެ ކުރިން ޕޮޒިޓިވްވެފައިވާ ފަރާތްތަކާއި ބައްދަލުވާ މީހުން ސާމްޕަލް ނެގެޓިވްވި ނަމަވެސް 14 ދުވަހަށް ހޯމް ކަރަންޓީނުގައި ތިބެން ޖެހުމުގެ ސަބަބުން ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ދެމުންދާ މިންވަރު ކުޑަކަން އިބްރާހީމް ދީދީ ވަނީ ފާހަގަކުރައްވާފައެވެ.

ކޮންޓެކްޓް ޓްރޭސިންއަށް އެއްބާރުލުން ދެމުންދާ މިންވަރު ކުޑަވުމުގެ ސަބަބުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން މިހާރު ސަވޭލެންސް ސާމްޕަލްގެ ގޮތުގައި ޓެސްޓްކުރުމަށް ހުއްދަ ލިބިފައިވާކަމަށް އިބްރާހީމް ދީދީ ވަނީ ވިދާޅުވެފައެވެ. ” ސަވޭލެންސް ސާމްޕަލްގެ ގޮތުގައި ޓެސްޓް ކޮށް ނަތީޖާ ނެގެޓިވްވެއްޖެ ނަމަ 14 ދުވަހަށް ކަރަންޓީން ވާކަށް ނުޖެހޭނެ. އެހެންކަމުން އަޅުގަނޑުމެން އެދެނީ ޕޮޒިޓިވްވާ މީހަކާއި ކޮންޓެކްޓްވި ނަމަ އެކަން ސިއްރު ނުކުރައްވާ އަވަހަށް އެކަން އެންގުން” އިބްރާހީމް ދީދީ ވިދާޅުވިއެވެ،