English Edition
Dhivehi Edition

ސ. ހުޅުމީދޫ މިފްކޯ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު (ފުރަތަމަ ފިޔަވަހި) ގެ މަސައްކަތުގެ 83 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީ އިން ކުރަމުން ގެންދާ މި މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރަމުން ބުނީ މި މަޝްރޫއުގައި ހިމެނޭ އެއްގަމުތޮށި ލުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 471,380 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 60 މީޓަރުގެ ރިވެޓްމެންޓް ޕްރޮފައިލިންގ މަސައްކަތް ކުރުމަށް ވަނީ ނިންމާފައެވެ. އަދި 110 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ބޮލާރޑް އަދި ވީ-ފެންޑަރ ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 68.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.