އޭއޯ ރޯދައިގެ ބަދިގެ އަކީ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހަށް ޚާއްޞަ ކޮށްގެން އޭއޯ ނިއުސް އިން ގެނެސްދޭ ޚާއްޞަ ކޮލަމެކެވެ. މި ގޮތުން ރޯދަ މަހުގެ 3 ވަނަ ދުވަހަށް ޚާއްޞަ ކޮށްގެން މިގެނެސްދެނީ ވަރަށް ތަފާތު އަދި އަނގަޔަށް މީރު އީޒީ ކަސާވާ ޕުޑިން ތައްޔާރުކުރާނެ ގޮތެވެ.
ބޭނުންވާ ތަކެތި
3 ޖޯޑު ގާނާ އާވިން ނުވަތަ ކުޑަ ފެންފޮދެއް ގައިކައްކާ މަޑުކޮށްފައި ހުރި ދަނޑިއަލުވި
2 ދަޅު ބައި ގެރިކިރު
1 ޖޯޑު ނެސްލޭ ކްރީމް
2 ޖޯޑު ބައި ފެން
10 ބިސް
1/2 ޖޯޑު ހަކުރު
3 މޭޒުމަތީ ސަމުސާ ހަކުރު ކެރެމަލް ކުރަން
2 ސައިސަމުސާވެނީލާ އެސެންސް
ބިސް، ފެން ކިރު ދަނޑި އަލުވި ހަކުރު އެއްކޮށް މިކްސަރުން ގިރާލާފައި އެސެންސް ވެސް އެއްކޮށްފައި ކްރީމް ވެސް އެއްކޮށްފައި ބަހައްޓާށެވެ.
ދެން ޓްރޭއަށް އަށް ހަކުރު ކޮޅު އަޅާފައި އުނދުން މައްޗަށް އުދާލާށެވެ.
ހަކުރު ކޮޅު ކެރެމަލް ކޮށްފައި ގިރާފައި ހުރިބައި ޓްރޭއަށް އަޅާފައި އަވަން ގައި ފިހެލާށެވެ. ނުވަތަ އާވިން ކައްކާލާށެވެ.
ކޮންމެ ކަހަލަ ޕުޑިން އެއް ހަދާއިރު ވެސް ކެރެމަލް ކޮށްފައި ހަދާނަމަ ކެރެމަލް ކޮށްފައި ގިރާފައި ހުރި ބައި ނާޅާ ކުޑަ އިރުކޮޅަކަށް ނުވަތަ ކުޑަކޮށް ކެރެމަލް ގަނޑު ހިހޫވެލަންދެން ބަހައްޓަން ވާނެއެވެ. އެއީ ބައެއް ފަހަރު ފިހެވޭ އިރު މައްޗަށް ކެރެމަލް އަރާތީއެވެ.