English Edition
Dhivehi Edition

ގދ. ތިނަދޫގައި މަސައްކަތްކުރާ ނޫސްވެރިންގެ އަގު ވަޒަންކޮށް އެ ރަށުގައި ހިންގަމުން އަންނަ ޒަޔޯބީ ރެސްޓޯރަންޓުން ޚާއްސަ ރޯދަވީއްލުމެއް ދީފިއެވެ. ޒަޔޯބީގެ ވެރިޔާ ދުސޫމާ މޫސާ ވިދާޅުވީ ނޫސްވެރިކަމަކީ ބުރަ ބޮޑު މަސައްކަތެއް ކަމަށާއި، ނޫސްވެރިންގެ އަގު ވަޒަން ކުރަންޖެހޭ ކަަމަށެވެ. ތިނަދޫގައި ނޫސްވެރިކަން ކުރާ ބަޔަކު އުފެދި، ޚަބަރުތައް ގެނެސްދޭން ފެށުން ނޫސްވެރިންނަށް ގޮން ޖެހުމަކަށް ވެފައިވީ ނަމަވެސް މިއަދު ފެންނަނީ އެލިޔެވޭ ޚަބަރުތައް މުޖުތަމައުން ބަލައި ގަނެވޭ ތަން ކަމަށެވެ. ރަށު ޚަބަރާއި އަތޮޅު ތެރޭގެ ޚަބަރުތައް ތާޒާކޮށް ކިޔާލެވޭ ކަމީ އުފަލެއްކަމަށެވެ. މިކަމަކީ އެންމެންވެސް ބަލައިގަނެ އުފާކުރަން ޖެހޭ ކަމަށެވެ.

އޭއޯ ނިއުސްއިން ޒަޔޯބީ އާއި ބެޙޭ ގޮތުން ސުވާލު ކޮށްލުމުން ދުސޫމާ ވިދާޅުވީ ތިނަދޫއަށް ދިރިއުޅުން ބަދަލުުކުރި ހިސާބުން ބޭނުންވީ ތިނަދޫގައި ސްޓޭންޑަޓް ހައި ރެސްޓޯރަންޓްއެއް ހަދަން ކަމަށެވެ. އެގޮތުން ފެމިލީ ނަމެއް ކަމުގައިވާ “ޒަޔޯބީ” ނަން ދީފައިވަނީ ތިން ދަރިންގެ ނަމާއި ގުޅުވާލައިފައި ކަމަށެވެ. އެންމެ އިސް ކަމެއް ގޮތުގައި ދެކެނީ ޚިދުމަތް ދިނުމުގައި އަބަދުވެސް ކަސްޓަމަރ އަށް އިޙްތިރާމާއި އެކު މުޢާމަލާތް ކުރުމާއި ތަނުގެ ސާފުތާހިރުކަން ބެލެހެއްޓުން ކަމުގައިވެއެވެ. އަދި ޒަޔޯބީގައި ކެއުން ބުއިމަށް ތައްޔާރު ކުރެވޭ ކޮންމެ ބާވަތަކީވެސް ހަށިގަނޑަށް ފައިދާ ހުރި ކޮލިޓީ ތަކެތިި ބޭނުންކޮށްގެން ތަައްޔާރު ކުރެވޭ ތަކެތި ކަމުގައެވެ. ހެދިކާ ފަދަ ތަކެއްޗަކީ އާދައިގެ ތެޔޮ ނުވަތަ ފުށް ބޭނުން ކުުރުމުން ގެސްްޓްރިކްވާ އެެއްޗެއް ކަމުން ޒަޔޯބީގެ ހެދިކާ، ސަބްމެރިން އަދި ބާރގާރ ހެދުމުގައި ތަކެތީގެ ކޮލިޓީއަށް ބަލާކަމަށެވެ. ކުޅިވަރާއި ކަސްރަތުގެ ފީލްޑްގައި އުޅޭ ބަޔަކަށްވެސް ހެދިކާއެއް ކާލައިން މޭ އެންދުން ފަދަ އުނދަޤޫ ތަކެއް ނުވާނެކަމުގެ ޔަޤީންކަން ދެެެއެވެ.

އޭއޯ ނިއުސްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮންމެ ރަމަޟާން މަހަކީ ޒަޔޯބީ ރެސްޓޯރަންޓްއިން ސިލްސިލާ ރޯދަ ވީއްލުންތަކެއް ބާއްވާ ރަށުގެ އެކި މުޢައްސަސާތަކައް ރޯދަ ވީއްލުމަށް ދަޢުވަތުދޭ މަހެކެވެ. މިކަމާއި ބެޙޭ ގޮތުން ސުވާލު ކޮށްލުމުން ދުސޫމާ ވިދާޅުވީ ކޮވިޑް 19ގެ ޕެންޑެމިކްގެ ސަބަބުން ފާއިތުވެދިޔަ ދެއަހަރު ދިޔައީ ސިލްސިލާ ރޯދަވީއްލުން ނުބޭއްވި ކަމަށެވެ. ނަމަވެސް މިއަހަރު ރޯދަމަސް ފެށުމާއިއެކު މިސިލްސިލާ ރޯދަވީއްލުން ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ދަޢުވަތު ދެވުނީ ގިނަ ބަޔަކު އެބައެެެއްގެ އަގު ވަޒަން ކުރަން ހަނދާން ނެތިފައިވާ އަގު ވަޒަން ކުރަންޖެހޭ ނޫސްވެރިންނަށް ކަމަށެވެ.

ޒަޔޯބީ ރެސްޓޯރަންޓަކީ ހިތްފަސޭހަ އަރާމު މާޙާއުލެއްގައިވާ ރެސްޓޯރަންޓެކެވެ. ރައްޓެހިންނާއި އާއިލާއާއެކު އުފާވެރި ރީތި ސީވިއު އެއްގައި ކޮފީ ބޯލާ، ކާލެވޭޭނެ މާޙައުލެކެވެ.