English Edition
Dhivehi Edition
"ކޯވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް ގެނެސްފައިވާ ވެކްސިންގެ ބެޗްތައް ހުސްވަމުންދާ ވަރަކަށް އާ ބެޗްތައް ގެންނަނާނެ ކަމަށާއި އެންމެންނަށް ފުދޭ ވަރަށް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝާހު މިހެން ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށި ވެކްސިން، ކޮވިޝިލްޑްގެ ދެވަނަ ޑޯޒް ހުސްވުމާއި ގާތްވެފައިވާކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިއަދުގެ ބައްދަލުވުމުގައި ޑރ.ޝާހު ވިދާޅުވީ ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖަހަން ޖެހޭ އެކަމަކު އަދިވެސް ނުޖަހާ 20،000 މީހުން އަދިވެސް އެބަތިބިކަމަށެވެ. އެހެންކަމުން އެންމެންވެސް އަވަހަށް ވެކްސިން ޖެހުމަށް ޑރ.ޝާހު ވަނީ އިލްތިމާޒުކުރައްވާފައެވެ/

މީގެ އިތުރުން އިތުރަށް ޑރ.ޝާހު ވިދާޅުވީ ރާއްޖޭގެ އާބާދީގެ ވެކްސިން ދޭންޖެހޭ 67 ޕަސެންޓަށް އަދި ޖުމްލަ އާބާދީގެ 52 ޕަސެންޓަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި މިއީ ދުނިޔޭގެ ނިސްބަތުން ވެސް ބޮޑު ކާމިޔާބީއެއްކަން ޑރ.ޝާހު ވަނީ ފާހަގަކުރައްވާފައެވެ.