English Edition
Dhivehi Edition

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް މަސް ބޯޓެއް މިއަދު ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ މި މަސް ބޯޓުތައް ފެނިފައި ވަނީ އެމްއެންޑީއެފް އިން ކަނޑުގެ ސަރަހައްދުގައި ހިންގި ޕެޓްރޯލް ކުރުމުގެ އޮޕަރޭޝަނެއްގައި ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ އެ ބޯޓުތައް ފެނުނީ ވ. އަތޮޅާ ދިމާ އިރުން އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ 30 ނޯޓިކަލް މޭލު އެތެރެއިން ކަމަށާއި އެ ބޯޓުތައް ހިފަހައްޓައި މިހާރު ވަނީ ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށެވެ.

ހުރަވީގެ ބެލުމުގެ ދަށުން އެ ބޯޓުތައް މާލެ ގެނައުމަށް މިހާރު ދަތުރު ފަށާފައިވާއިރު، ހިފަހައްޓާފައިވަނީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަން އަދި ސާފެއް ނުވެ އެވެ.