English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ދިވެހި ޒުވާނުންގެ މަޤްބޫލު ކަން ހާއްސަކޮށް ރެސްޓޯރަންޓް ތަކުގައިވެސް ހޯދައިފައިވާ މެކް އެންޑް ޗީޒް ހަދާނެ ގޮތެވެ.


ބޭނުންވާނެ ތަކެތި:

12 އައުންސް އެލްބޯ މެކްރޯނީ

½ ސަމުސާ ގާރލިކް ޕައުޑަރ

½ ސަމުސާ އަނިއަން ޕައުޑަރ

¼ ގްރައުންޑް މަސްޓަޑް

¼ ފުއް

⅓ 1 ސައިސަމުސާ ލޮނު

¼ ސައިސަމުސާ އަސޭމިރުސް

3 ސައިސަމުސާ އަންސޯލްޓަޑް ބަޓަރ

6 އައުންސް ޗެޑަރ ޗީޒް

2 އައުންސް ކްރީމް ޗީޒް

½ 2 ތަށި ފުލް ކްރީމް ކިރު

2 އައުންސް ޕަރމެސަން ޗީޒް

ފެން

ތައްޔާރުކުރާނެ ގޮތް:

ތެއްޔަކަށް ލޮނު ކޮޅެއް އަޅާފައި މެކްރޯނީ ތައް މަޑުވަންދެން ކައްކާލާށެވެ. މަޑުވުމުން އުނދުން މަތިން ބާލައިފައި ފުރޭންޏަކަށް މެކްރޯނީ ކޮޅު އަޅައި ފެން ހިންދާލާށެވެ. އެއަށް ފަހު އެހެން ތެއްޔަކަށް ބަޓަރ ކޮޅު އަޅައި މެލްޓް ކޮށްލާށެވެ. ބަޓަރ ކޮޅު މެލްޓް ވުމުން، މެލްޓްވި ބަޓަރ ތެރެއަށް ފުއް ކޮޅު އަޅާށެވެ. އެއަށްފަހު ގާރލިކް ޕައުޑަރ، އަނިއަން ޕައުޑަރ، އަސޭމިރުސް، ގްރައުންޑް މަސްޓަޑް، ލޮނު އަޅާފައި ކައްކާލާށެވެ. އެއަށް ފަހު ކިރު ކޮޅު މަދު މަދުން އަޅަމުން ކައްކަމުންދާށެވެ. ރަނގަޅަށް ކިރުކޮޅު ކެކުމުން އުނދުން ނިއްވާލުމަށްފަހު އޭގެ ތެރެއަށް ޗެޑަރ ޗީޒް، ކްރީމް ޗީޒް އަދި ޕަރމެސަން ޗީޒް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ކައްކާފައިހުރި މެކެރޯނީތައް އަޅާފައި ރަނގަޅަށް އެއްކޮށްލުމަށް ފަހު ސާރވް ކުރާށެވެ.