English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫގައި އުމުރުން ދުވަސްވީ މީހަކު ދިރިއުޅެމުން ދާ ގެއަށް ވަދެ އެމީހާ ބަނުމަށް ފަހު ފޭރުނު މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ،

ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 50 އަހަރުގެ ދިވެހި ފިރިހަނެއް ކަަމަށެވެ.

ފުލުހުން ބުނީ މި ހާދިސާ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 6:12 ހާއިރު ކަމަށާ މި ހާދިސާގައި އަނިޔާ ލިބިފައިވަނީ އުމުރުން 81 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ، އެމީހާ ބަނދެފައި ވަނިކޮށް ސަލާމަތް ވާން މަސައްކަތް ކުރުމުގެ ތެރޭގައި އަތުގެ މުލައްދަނޑިއަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ އިރު މިހާރު އެމީހާ އަށް ފަރުވާދެމުން އަންނަނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށެވެ.