English Edition
Dhivehi Edition
މަރަދޫ: ފޮޓޯ / އައުރާފް ސްޓޫޑިއޯ

އައްޑޫ ސިޓީ މަރަދޫ އަވަށުގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރުމަށް ނިންމަ އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު” ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 15 ޖޫން 2023 ވާ ބުރާސްފަތި ދުވަހުން ފެށިގެން 21 ޖޫން 2023 ވާ ބުދަ ދުވަހުގެ 14:00 އާއި ހަމަޔަށް އެއިދާރާއިން ގަންނަން ލިބެން ހުންނާނެކަމަށެވެ. ބީލަމުގައި ބައިވެރިވުމަށް ތިން ސަތޭކަ ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރީޓީގެ ގޮތުގައި 20،000.00ރ ( ވިހި ހާސް ރުފިޔާ ) ހުށަހަޅަން ޖެހޭ އިރު ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2023 ޖުލައި 09 ވާ އާދީއްތަ ދުވަހުގެ 11:00 ގައި އައްޑޫ ސިޓީ ކައުންސިލް އިދާރާގައެވެ.