English Edition
Dhivehi Edition

އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ރޯދަ ވީއްލާގަޑީގައި ނުވަތަ ހާރު ކެއުމަށް ބޭނުން ކޮށްލެވޭނެ މީރު ފްރައިޑް ފިޝް އެއް ތައްޔާރު ކޮށްލާނެ ގޮތެވެ.

ބޭނުންވާނެ ތަކެތި:

6 ފޮތި ރޯމަސް ތުނިކޮށް ކަފާފައި (3 އިންޗި ދިގު 2 އިންޗި ފުޅާ)

2 ބިސް

¼ ސައިސަމުސާ މުގުރި އަސޭމިރުސް

⅕ ސައިސަމުސާ ލޮނު

2 ލުނބޯ

1 ސައިސަމުސާ ކޯން ފްލަރ

½ ސައިސަމުސާ އަޖިނަމޮޓޯ

½ ސައިސަމުސާ މަސްޓަރޑް ކްރީމް

½ ސައިސަމުސާ މުގުރި މިރުސް

½ 1 ސަމުސާ ސޯޔާ ސޯސް

½ ޖޯޑު ފާރޮށި ކުޑި

ތައްޔާރުކުރާނެގޮތް:

2 ބިސް ބޯތައްޓަކަށް ތަޅާލުމަށް ފަހު ސަމުސަލަކުން ގިރާލާށެވެ. އެއަށް ފަހު ގިރާލައިފައި ހުރި ބިސް ތަކު ތެރެއަށް ކޯންފްލަރ، މަސްޓަރޑް ކްރީމް، މުގުރި މިރުސް، އަޖިނަމޮޓޯ، މުގުރި އަސޭމިރުސް، ސޯޔާސޯސް އަޅާފައި ލޮނު އަޅާފައި ހުރިހާ ބާވަތެއް ސަމުސަލަކުން އެއްކޮށްލާށެވެ. އެއަށް ފަހު ލުނބޯ ހުތް އެއްކުރި އެއްޗެއްސަށް ފިތާލުމަށްފަހު މަސްފޮތި ތަކުގައި ރަނގަޅަށް އުނގުޅާލާށެވެ. ދެން ފާރޮށި ކުޑިއަށް މަސްތައް އަޅައި ރަނގަޅަށް މަސްތަކަށް ފާރޮށި ކުޑި ވަންނަންދެން ފިއްތާލާށެެވެ. ފާރޮށި ކުޑި މަސްތަކުގައި ލުމަށް ފަހު 15 މިނެޓް ވަންދެން މަސްތައް ބަހައްޓާލާށެވެ. އެއަށް ފަހު ތާހަކަށް ތެޔޮ އަޅައި ހޫނުވުމުން މަސްތައް ތެޔޮގަނޑަށް އަޅައި ރަނގަޅަށް ރޯފިލަންދެން ތެއްލާލުމަށް ފަހު މަސްތައް ތެޔޮ ތާހުން ނަގާށެވެ. ޔަގީނުންވެސް އެހެރީ އަނގަޔަށް މީރު ފްރައިޑް ފިޝް އެއް ތައްޔާރު ކޮށްލެވިފައެވެ.