English Edition
Dhivehi Edition

އާންމުގޮތެއްގައި އަޅުގަނޑުމެން އިންސާނުން ވަކި އުމުރަކަށް ދިއުމުން ލޮލުގެ ފެނުމަށް ބަދަލު އާދެއެވެ. އުމުރުން ދުވަސް ވުމުން އިންސާނާގެ ލޮލުގެ ފެނުން ދަށްވެއެވެ. އެހެން ނަމަވެސް ޅަފަތުގައިޔާއި ޒުވާން އުމުރުގައިވެސް ލޮލުގެ ފެނުމަށް ބަދަލުއާދެއެވެ. ލޮލުގެ ސިއްޙީ މާހިރުން ބުނާގޮތުގައި ޅަފަތުގައި ލޮލުގެ ފެނުމަށް ބަދަލުއަންނަ އެއްސަބަބަކީ އާއިލީގޮތުން ލޮލުގެ މައްސަލަ ވާރުތަކުރުމެވެ. ދެން އަނެއްގޮތަކީ ލޮލަށް ބޭނުންވާ ވިޓަމިން ނުލިމުބުން ލޮލުގެ ފެނުމަށް އަންނަ ބަދަލެވެ. ބައެއްހާލަތްތަކުގައި ލޮލަށް ބޭސްކޮށްގެން ވެސް ލޮލުގެ ފެނުމާއި ބާރު ގަދަވެއެވެ. އަނެއްބައިފަހަރު ލޮލަށް ދިމާވާ މައްސަލައަކުން ލޮލުގެ ފެނުން ދަށްވެފައިވާނަމަ ނަންބަރު އައިނު އަޅަނެޖެހެއެވެ.

ތިރީގައި މިވަނީ ލޮލުގެ ބާރުގަދަކުރުމަށް އަދި ލޮލުގެ ފެނުމަށް އެންމެ ރަނގަޅު ފަރުވާ ލިއްބައިދޭ ކާނާތަކެވެ.

ފެހިފަތް:

އަޅުގަނޑުމެންގެ ދިރިއުޅުމުގައި ތުއްތުއިރުން ފެށިގެން އާންމުގޮތެއްގައި ބޮޑެތިމީހުން ފެހިފަތް ކެއުމުގައި ހިމެނުމަށް ލަފާދެނީ ސަބަބެއް ނެތިއެއް ނޫނެވެ. ފެހިފަތަކީ އޭގައި ވިޓަމަން “ސީ” އެކުލެވޭ ފަތެކެވެ. ސިޕިނެޗް، ކޭލް، ކޮލާޑަ ކީ ގަވައިދުން ކެއުމުގައި ހިމަނަން މުހިންމު އެއްޗެކެވެ.

ކައްޓަލަ:

ކެރެޓާއެއްފަދައިން ކައްޓަލައަކީ އޭގައި ބީޓާ ކެރޮޓީން ހިމެނޭ އެއްޗެކެވެ. އަދި ވިޓަމިން “އީ” އެކުލެވޭ އެއްޗެކެވެ. ބީޓާ ކެރޮޓީން އާއި ވިޓަމިން “އީ” އަކީ ލޮލުގެ ފެނުމަށް އެންމެ ބޭނުންވާ ދެމާއްދާއެވެ.

ނަޓްސް:

ނަޓްސް އަކީ އެގައި އޮމޭގާ -3 ފެޓީ އެސިޑް ހިމެނޭ އެއްޗެކެވެ. މީގެ އިތުރުން އޭގައި ހިމެނޭ ވިޓަމިން އީ އަކީ އުމުރުން ދުވަސް ވުމުން ލޮލުގެ ފެނުމަށް އަންނަ ބަދަލު އެންމެ ބޮޑަށް ހައްލުކޮށް ދީ ލޮލުގެ ފެނުން އެއްވަރެއްގައި ހިފަހައްޓައިދޭ ވިޓަމިންއެވެ.

ކެރެޓް:

ކެރެޓަކީ އެންމެނަށް އެނގޭފަދައިން އޭގައި ހިމެނޭ ވިޓމިން “އޭ” އަދި ބީޓާކެރޮޓިން އިން މުއްސަނދިވެފައިވާ ތަރުކާރީއެކެވެ. އެގޮތުން ކެއުމުގައި ކޮންމެ ދުވަހަކަު ކެރެޓެއް ބޭނުން ކޮށްލުމުން ލޮލުގެ އިންފެކްޝަންތަކާއި އެހެނިހެން ބަލިތަކުން ލޯ ސަލާމަތް ކޮށްދެއެވެ.

އޮރެންޖެ:

އޮރެންޖް، ގްރޭޕްސް، ލުނބޯ ކަހަލަ “ހުތް” ހިމެނޭ މޭވާ އަކީ އޭގެއިން ވިޓަމިން “ސީ” ލިއްބައިދޭ މޭވާތެކެވެ. މިމޭވާ ތައް ބޭނުން ކުރުމުން ލޮލުގެ ލޭދުއުރުވާ ނާރުތައް ކުގެ މައްސަލަތައް ރަނަގޅުވެ، ލޮލުގެ އިންފެކްޝަން އަދި އެހެނިހެން ލޮލުގެ މައްސަލަތައް ރަނގަޅުވެއެވެ.

ބިސް:

ބިހަކީ އޭގައި ވަރަށް ގިނަފައިދާ ތައް އެކުލެވޭ އެއްޗެކެވެ. ސިއްޙީ މާހިރުން ބުނާގޮޮތުގައި ބިހުގެ ގޮބޮޅި ކޮންމެ ދުވަހަކު ކާނަމަ އޭގެން ލިބޭ ވިޓަމިން އޭ،ޒިންކް، ލުޓެއިން މިހުރިހާ މާއްދާ ތަކުން ލިބިދޭ ފައިދާއިން ލޮލުގެ ކޯނެއާ އަދި ރެޓިނާ ގައި ބާރުގަދަވެއެވެ.

ޑެއިރީ ޕްރޮޑަކްޓްސް:

ކިރާއި ޔޯގަޓަކީ އޭގައި ވިޓަމިން “އޭ” އަދި ޒިންކް އެކުލެވޭ އެއްޗެކެވެ. މިދެމާއްދާ އަކީ ލޮލުގެ ފުނުން ގެއްލިފައި ތިބޭ މީހުންގެ ފެނުން އަނބުރާ ގެނައުމަށް އެންމެ މުހިންމު ދެމާއްދާއެވެ. ކޮންމެ ދުވަހަކު ނާސްތާގައި މިދެބާވަތް ހިމެނުމަކީ ލޮލުގެ ފެނުމާއި ލޮލުގެ ބާރު ވަރުގަދަ ކުރުމަށް އޮތް އެންމެ ރަނގަޅު ހައްލެވެ.