އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ރޯދަ ވީއްލާގަޑީގައި ކާލަން މީރު ވެޖެޓަބަލް ކަޓްލަސް އެއް ތައްޔާރު ކޮށްލާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
4 އަލުވި (މަޑުވަންދެން ކައްކާފައި)
¼ ޖޯޑު ގްރީން ބީންސް
¼ ކެރެޓް (ގާނާފައި)
2 ފިޔާ (ކުދިކޮށް ކޮށާފައި)
3 ހިނކަދިފަތް (ކުދިކޮށް ކޮށާފައި)
½ ސައިސަމުސާ މުގުރި މިރުސް
1 ސައިސަމުސާ މަސާލާ ހަވާދު/ މުސައްމާ ހަވާދު
¼ ފާރޮށި ކުޑި
ރަހަލާ ވަރަށް ލޮނު
ގޮދަން ފުއްކޮޅެއް
ފެން ފޮދެއް
ތައްޔާރުކުރާނެ ގޮތް:
ބޯތައްޓަކަށް މަޑުކޮށްފައި ހުރި އަލުވި، ފިޔާ، ގްރީން ބީންސް، ކެރެޓް، ހިނކަދިފަތް، މުގުރި މިރުސް، ހަވާދު، ލޮނު އަޅާފައި ރަނގަޅަށް މޮޑެލާށެވެ. އެއަށްފަހު މޮޑުުނު ބައި ތެރެއަށް ފާރޮށި ކުޑިވެސް އަޅާފައި މޮޑެލާށެވެ. ރަނގަޅަށް މޮޑެވުމުން އަތުގައި ތެޔޮ ފޮދެއް އުނގުޅުމަށްފަހު ރޯލްސް އެއް ވަރަށް މޮޑެފައި ހުރި ބައި ނަގަމުން ފިއްތަމުން ދާށެވެ.(ކަވާބު ހަދާހެން) މޮޑުނު ބައި ހުސްވަންދެން މިހެން ފިއްތަމުން ރޯލްސް ހަދާށެވެ.
ވަކިން ބޯތައްޓަކަށް ފުއް ކޮޅު އަޅާފައި ފެންފޮދެއް އަޅާ ތިން ޕޭސްޓްއެއް ހަދާލާށެވެ.އަދި އެހެން ތައްޓަކަށް ފާރޮށި ކުޑިކޮޅެއް އަޅާށެވެ. ހަދާފައި ހުރި ރޯލްސް ތައް ފުއްކޮޅު ތެރެއަށް ލުމަށް ފަހު ފާރޮށި ކުޑި އަށް ލާށެވެ. ތަވާ އުނދުން މައްޗަށް އުނދާލުމަށްފަހު ކުކިންގް އޮއިލް އަޅާ ފާރޮށި ކުޑި ލާފައި ތިބި ރޯލްސް ތައް އަޅައި ގޯލްޑަން ބްރައުން ކުލަ އަރަންދެން ތެއްލާލާފައި ނަގާށެެވެ. އަނގަޔަށް މީރު ވެޖެޓަބަލް ކަޓްލަސް އެހެރީ ތައްޔާރުވެފައެވެ.