އޭއޯ “ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ އެއެއްޗަކާއި ނުލާ ރޯދަ މަހެއް ފަޅު ނުފިލާ އެއްޗެއް ކަމުގައިވާ ޕިއްޒާގެ ފުއްގަނޑު ހަދާލާނެ ގޮތެވެ. “ކުއިކް ޕިއްޒާ ޑޯ” އެއް ހަދާލާނެ ގޮތެވެ.
ބޭނުންވާނެ ތަކެތި:
250ގ ފުށް
1/2 ކުކުޅު ބިސް
5 ގްރާމް ލޮނު
4 ގްރާމް އީސްޓް
8 ގްރާމް ހަކުރު
15 އެމް އެލް ކުކިންގް އޮއިލް
ފެން
ތައްޔާރުކުރާނެގޮތް:
ފުއްގަނޑު މޮޑެވޭވަރު ތައްޓަކަށް ފުއްކޮޅު އަޅާލާށެވެ. އެއަށްފަހު، އީސްޓް، ލޮނު، ހަކުރު އަޅާލައިފައި ފުއްކޮޅާއި އެެއްކޮށްލާށެެވެ. އެއަށްފަހު ބިސް ތަޅާލައިފައި ފުއްކޮޅަށް އަޅާލާށެވެ. އަދި ކުކިންގް އޮއިލް އަޅާފައި ފުއްގަނޑު ދިޔާނުވެ މޮޑެވޭވަރަށް ފެން އަޅާފައި ފުއްގަނޑު މޮޑެލާށެވެ. ބޯތައްޓެއް ނަގާފައި ތެޔޮފޮޛެއް ބޯތަށީގައި އުގުޅާލާށެވެ. އަދި މޮޑުނު ފުއްގަނޑު ނަގައި ބޯތައްޓަށް ލުމަށް ފަހު ބޯތަށީގައިވާ ތެޔޮތައް ފުއްގަނޑަށް ވަންނަ ވަރަށް މޮޑެލުމަށްފަހު ބޯތަށީގައި މައްޗެއް ޖަހައި ފުއްގަނޑު 30 މިނެޓް ބަހައްޓާށެވެ. 30 މިނެޓް ވާއިރު ފުއްގަނޑު ވާނީ ފުފިފައެވެ. ބޯތަށިން ފުއްގަނޑު ނަގައި ރޮށި ދަމާހެން ކުޑަ ހިކި ފުއްކޮޅެއް ރޮށި ދަމާ އެތީ އުނގުޅާލުމަށްފަހު ފުއްގަނޑު ވަށްކޮށް ފިއްޒާ އެއްގެ ސައިޒަށް ދަމާލާށެވެ. އެއަށް ފަހު ފުއްގަނޑުގެ އެކި ދިމާލަށް ކުޑަކޮށް އޫ ހަރާލުމަށް ފަހު ކުޑަކޮށް ފުއްގަނޑު އަވަނުން ފިހެލާށެވެ.
ތަފާތު ގޮތްގޮތަށް ޕިއްޒާ ފުއްގަނޑު ތައްޔާރު ކުރާއިރު މިފަހަރު މިއޮތީ “ކުއިކް ޕިއްޒާ ޑޯ” ތައްޔާރު ކުރާނެ ގޮތެވެ.