English Edition
Dhivehi Edition

އެންމެ ފޯރި ގަދަކޮށް ހަބަރު ސުރުޚީ ތަކާއި ޝޯޝަލް މީޑިޔާ ފްލަޑްވެ ،ކޮފީ މޭޒުތައް ހޫނުވެގެން ގޮސްފައި މިވަނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރައީސް އަދި މިވަގުތު ރައްޔިތުންގެ މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ބޮޑުވަޒީރު ކަމަށް ޝައުގު ހުރި ވާހަކަ އާއި އެކު ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ މިސްރާބު ޖަހަން ޖެހޭ ކަމަށް ގައުމުގެ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށް ދެންނެވި ހަބަރާއެކުއެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ފެބްރުއަރީ 2023 ގައި ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކޮށް، މިހާރުގެ ރައްޔިތުންގެ މަޖިލީހުން ސަރުކާރު އެކުލަވައިލަން ބޭނުންފުޅުވާ ކަމަށެވެ. އެ އަހަރު ރިޔާސީ އިންތިހާބު ނުބާއްވައި، 2024 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ދާއިރު، ރައީސުލްޖުމްހޫރިއްޔާ ކަމަށް ބޭފުޅަކު ކަނޑައަޅަން ވާނީ ނަޝީދުގެ މެސެޖުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުންނެވެ. އެއްބަޔަކު މިކަމާ ސަނާ ކިޔަމުން ދާއިރު އަނެއް ބަޔަކު ދަނީ ހަޖޫ ޖަހަމުންނެވެ.

ނަޝީދުގެ އެ މެސެޖާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މެދުވެރި ކުރައްވައި ނޫސްވެރިންނަށް ރައީސް ވިދާޅުވީ، މިހާރު އޮތް ވެރިކަމުގެ ނިޒާމަށް އަމަލުކުރަނީ ރައްޔިތުންގެ ސީދާ ވޯޓަކުން ކަމަށް ވާތީ، އެ ނިޒާމަށް ބަދަލު ގެނެވޭނީ ވެސް އެ ރައްޔިތުންގެ ވޯޓުން ކަމަށެވެ. ވެރިކަމުގެ ނިޒާމަށް ބަދަލު ގެންނަން ޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނަޝީދުގެ މެސެޖާ ގުޅިގެން ވިދާޅުވިއިރު އެކަމަކީ ހުދު ރައީސް ނަޝީދުވެސް ބޭނުންވާ ގޮތެވެ. “ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާއަކީ އަދި ކޮންމެ މަސައްކަތަކީ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން،” ނަޝީދު ވިދާޅުވެފައި ވެއެވެ.

މިހިސާބަކުން އަދި ބަހުސްތައް ހޫނުވެ ނުނިމެއެވެ. ނަޝީދުގެ މި މެސެޖާއިއެކު ދިވެހި ރާއްޖޭގައި 30 އަހަރު ވެރިކަން ކޮށްފައިވާ ރައީސެއް ކަމުގައިވާ އަލްއުސްތާޒް މައުމޫނު އަބްދުލް ޤައްޔޫމް ވަނީ ޓްވިޓަރ މެދުވެރިކޮށް މެސެޖެއް ދެއްވާފައެވެ. ޓްވީޓްގައި މައުމޫން ބުނެފައިވާ ވަނީ “‏ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް. ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ.” މިހެންނެވެ. މިކަމާވެސް ކޮފީ މޭޒުތަކުގައާއި ސޯޝަލް މީޑިޔާ ބަހުސް ހޫނުވެ މައުމޫނު ރައްޔިތުންގެ އަޢްލަބިއްޔަތު ހޯދާ ރިޔާސީ ނިޒާމަކަށް ޤައުމު ގެނައީ ރަށްރަށުގެ ކަތީބުން ހިސޯރު ކޮށްގެން ކަމަށް ވެސް ބަޔަކު ބުނެފައިވެއެވެ.

ފޯރި ވަރަށް ގަދަކޮށް ހަޖޫޖަހާ ބަޔަކު ހަޖޫ ޖަހަމުން ދަނިކޮށް ބަރުލާމާނީ ނިޒާމަށް ތާއީދުކޮށް ގިނަ ބަޔަކު މިދަނީ ސޯޝަލް މީޑިޔާގައި ޕޯސްޓް ތައް ޖަހަމުންނެވެ.

ނަޝީދުއަށް ތައުރީފް ކޮށް “‏އަންނި އަކީ އަބަދުވެސް އުނދަގޫ މަސައްކަތްކުރާ މީހެއް. ބައެއް ފަހަރު ގިނިކަންޏާ ނުކުމެ، މަލާމާތާ ފާޑުކިޔުމާ ކުރިމަތިލާ ރާއްޖެ މިއަދު މި ދެކޭ ޑިމޮކްރެޓިކް އަދި ހިންގުމުގެ ނިޒާމަށް ގެނެވުނު ހެޔޮ ގިނަ ބަދަލުތަކުގެ މޭސްތިރި. މި ވަގުތުގެ އަޖަލަށް ވުރެ ދުރަށް ވިސްނާ ލީޑަރު 💪”

މިފަދަ ޕޯސްޓް ތައްވެސް ދަނީ އުތުރި އަރަމުންނެވެ. ދެން ދިޔައީ ހަޖޫ ޖަހާ ބަޔަކާ ސުވާލު ތަކެއްވެސް ކުރިމަތި ކުރުވަމުންނެވެ.

ޤާނޫން އަސާސީ އިސްލާޙް ކުރަން އުޅުމުން މަލާމާތް ނުކުރޭތޯ؟

‏ސިޔާސީޕާޓީ ހަދަން ބުނުމުން މަލާމަތް ނުކުރޭތޯ؟

ޓެކްސް ނަގަން އުޅުމުން މަލާމާތް ނުކުރެތޯ؟

އާސަންދަ ތައާރަފް ކުރަން އުޅުމުން މަލާމާތް ނުކުރޭތޯ؟

ދަތުރުފަތުރުގެ ނިޒާމެއް އުފައްދަން އުޅުމުން މަލާމާތް ނުކުރޭތޯ؟

ދޮށީ އުމުރުގެ މީހުނަށް ޕެންޝަން ދޭނެކަމަށް ބުނުމުން މަލާމާތް ނުކުރޭތޯ؟

ފްލެޓް އަޅަން ފެށުމުން މަލާމާތް ނުކުރޭތޯ؟

ލާމަރުކަޒީ ނިޒާމް ތައާރަފް ކޮށް ލާމަރުކަޒު ކުރަން އުޅުމުން މަލާމާތްތޯ؟

މިކަންތައްތަކަކީ މަލާމާތް ކުރުމަށްފަހު މަލާމަތްކުރި ބަޔަކުވެސް މިއަދު މިކަންތައްތަކާއި ރުހިގެންތިބި ކަންތައްތަކެއް ކަމަށް ގިނަ ބަޔަކު ބުނަމުން ދެއެވެ. ހަޖޫ ޖެހި ކޮންމެ ކަމެއް ހިކުމަތްތެރި ކަމާއެކު ކާމިޔާބު ނުވޭތޯއެވެ؟

 

2 ކޮމެންޓް
ފަރީ
އޭޕްރީލް 21, 2021
ނަޝީދު އަމިއްލަ ކަންތައް ކަމުގައި ހަދައިގެން ތި ދައްކާ މަންޒަރު ތަކަކީ މާކުރިންވެސް އެހެން މީހަކު ކުރަމުން ދިޔަ ކަންތަކެއް. އޭރު އެކަންތައް އެހާވަރަށް މީހުންގެ ތެރެއަށް އަޑު ނުފެތުނީ ހަޅޭލަވާނެ ބަޔަކު ނެތުނީމަ. މިހާރު އެކި ނަންނަމުގައި ހަމަ އެކަންތައް ކުރަނީއެ ކިޔާ ހަޅޭލެވީމާ އަޑުގަދަ މީހާގެ ރުއް ގިނަވާ އުސޫލުން ކަންތައް ވެފައި ތިއޮތީ. ވަރަށް ސަލާމް . މި ލިޔުން ޖަހައިދޭނެ ކަމެއް ނޭނގޭ
aishath nasheedha
އޭޕްރީލް 21, 2021
thi gaanoomu asaasee kamu nugosgen ulhenee ves thibunaa nasheed aasandha eiee maummoon feshi ecchrh olhuvaa nulaa.. muskulhinge inaayah dhinumah majuleehah veddhee eyru drp ge member mulaku dhaairaa aneesa ahmed..faas kuree drp majority majuleehun dhathurufathuruge nizaam finihaka dhuvelee ge dhoani ga dhathurukuran jehenee