English Edition
Dhivehi Edition

ގައުމީ އެއާލައިން މޯލްޑިވިއަން އިން މިއަދުން ފެށިގެން ކުރިއަށް ގެންދާ ”ޕްރޮމޯޝަނަލް ފެއާ” ގެ ދަށުން އެތެރޭގެ އުދުހުންތަކުން ޑިސްކައުންޓްތަކެއް ދިނުމަށް ނިންމައިފިއެވެ.

މިއަދުން ފެށިގެން ކުރިއަށް ގެންދާ، ޕްރޮމޯޝަނާއި ބެހޭ ގޮތުން މޯލްޑިވިއަން އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެކި ރަށްތަކަށް ދަތުރުކުރުމުގެ އަގުތައް ތަފާތު ވާނެކަމަށެވެ. މޯލްޑިވިއަންގެ އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނަންގަވާ ބޭފުޅުންނަށް ވެސް ޕްރޮމޯޝަންގެ ދަށުން ޓިކެޓު ނެގޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އިތުރަށް މޯލްޑިވިއަން އިން ބުނީ މި ޕްރޮމޯޝަނަށް ތަރުހީބު ލިބިގެންދާ މިންވަރަށް ބެލުމަށްފަހު ޕްރޮމޯޝަން ދިގު ދެމިގެން ދާނެކަމަށެވެ.