English Edition
Dhivehi Edition

ގދ.ކާޑެއްދޫ ބަނދަރުގެ ސާވޭ ހެދުމަށް އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު ސޮއިކޮށްފިއެވެ.

ގދ.ކާޑެއްދޫ އެއާޕޯޓު އާންމު ހާލަތަކަށް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދެނެގަތުމަށް ސާވޭކޮށް އިންސްޕެކްޝަންތައް އާރްޑީސީ އާއި ހަވާލު ކުރެއްވީ ކާޑެއްދޫއަށް އަރައި ފައިބައި ބަނދަރު ތިލަވެ، އެއްގަމު ތޮއްޓާއި ޖެޓީ ވެއްޓި އަރައި ފޭބުމަށް ދަތިވާ ވަރަށް ހަލާކުވެފައިވާތީއެވެ.

ގދ. ކާޑެއްދޫ އެއާޕޯޓަށް އަރާ ފޭބުމަށް ބޭނުން ކުރާ ބަނދަރު ހެދުމަށްޓަކާ ހަދަން ޖެހޭ ސަވޭ ކުރުމުގެ މަސައްކަތް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ހަވާލުކުރެވުނު އެއްބަސްވުމުގައި އެއާޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރިޒްވީއެވެ.

މިމަސައްކަތް ފަށާތާ 3 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށް ވަނީ ހަމަޖެހިފައެވެ.