English Edition
Dhivehi Edition

މަކަރާއި ހީލަތުން ފައިސާ ހޯދި މީހަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

މިއަދު ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައިވާ މއ. ހަނީސަކްލް -1، ޙުސައިން ޝިފާޢު (35އ) އަކީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެފައިސާ ނުދީ ފިލައިގެން އުޅޭކަމަށް ތުހުމަތުކުރެވޭ މައްސަލައަކާއި ގުޅިގެން ހޯދަމުންދާ މީހެކެވެ.

އޭނާ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ތަހުގީގަށް ހާޒިރުވުމަށް އަންގައި، އޭނާ ހޯދަން އިއުލާންކުރީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ 10 ޖުލައި 2021 ގެ ކުރިން ޝާފިއު ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ނުވަތަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގާ އިއުލާންކޮށްފައެވެ.