English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު

ކޮވިޑް 19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ފާއިތުވުމުން ކަރަންޓީން ނުވެ ރަށްރަށަށް ދަތުރުކުރެވޭނެ ގޮތް ހަމަޖައްސާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެ ލޮކްޑައުން ކުރިތާ މިއަދަށް އެއް އަހަރުވުމާއި ގުޅިގެން، ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާންމު ދިރިއުޅުމަށް ރުޖޫއަވުމަށް އެންމެންވެސް ކެތްމަދުވެފައިވާކަމަށެވެ. “އަޅުގަނޑު އުފަލާ އެކު ދަންނަވަން ވެކްސިންގެ ދެ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން އެއްވެސް ހުރަހެއް ނެތި އަތޮޅުތަކަށް ވަރަށް އަވަހަށް ދަތުރުކުރެވޭނެ” ރައީސްގެ ޓުވިޓްގައި ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް19 އިން ރައްކާތެރިވުމަށްޓަކައި ގިނަ ބަޔަކު ވެކްސިން ޖަހަމުން އަންނައިރު އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 28،950 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒްވެސް ޖަހާފަ އެވެ.