English Edition
Dhivehi Edition

މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ފުލުހަށް ހާޒިރުވާން އަންގައި، އޭނާގެ ވަނަވަރު އާންމުކޮށްފިއެވެ.

ފުލުހުން ތަހުގީގަށް ހޯދަމުންދާ ފަރާތަކީ ލ.ގަން. ތުނޑި، އިހުރާމުގެ، ޙުސައިން ސުޢޫދު (28އ)އެވެ

ފުލުހުންގެ ވެބްސައިޓްގައި ބުނެފައިވަނީ ލ،ގަން ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާންކުރާކަމަށެވެ.

އޭނާ ހާޒިރުވާން އަންގާފައި ވަނީ ލ.ގަން ޕޮލިސް ސްޓޭޝަނަށް 2021 އޭޕްރިލް 21 ވަނަ ދުވަހުގެ ހެނދުނު 10:00 އަށެވެ.

ޓެގު