English Edition
Dhivehi Edition
ގދ.ތިނަދޫގައި އަޅާފައިވާ ފްލެޓްތައް

އިއްޔެ ގދ. ތިނަދޫގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލަ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަ އާ ގުޅިގެން ރޭ ކޯޓު އަމުރެއްގެ ދަށުން އުމުރުން 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާއިރު ފުލުހުން ބުނީ ތިނަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރު 1:50 ހާއިރުކަމަށެވެ.

މި މާރާމާރީގައި އުމުރުން 25 އަހަރުގެ ޒުވާނަކަށް އަނިޔާވެފައިވާއިރު އޭނާއަށް އަންނަނީ ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި މައްސަލަ ފުލުހުން އިތުރު ތަހުގީގުކުރަމުން އަންނައިރު މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފަހަކަށް އައިސް ތިނަދޫގައި ކުށްކުރާ މިންވަރު އިތުރުވަމުން އަންނައިރު އެ ރަށުގައި ޕާޓީ ޑްރަގްސް ބޭނުންކުރާ ކަމުގެ ތުހުމަތުތަކެއްވެސް އަންނަނީ ކުރަމުންނެވެ.