English Edition
Dhivehi Edition
ފޮޓޯ: ޕޮލިސް

މާލޭގައި އިއްޔެ ހިނގި މާރާމާރީއަކާ ގުޅިގެން ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހެންވޭރު ޗީބޯ ކެފޭ ކައިރީގައި ހިނގި އެ މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރާ ގޮތުގައި މި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވާ އުމުރުން 18، 22 އަދި 24 އަހަރުގެ ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ މިހާރު ތަޙުޤީޤުކުރަމުންނެވެ.