English Edition
Dhivehi Edition

މީގެ ހަ މަސްކުރިން މޮރޮކޯގައި ކުރިއަށްދިޔަ ރަބާތު އިންޓަނޭޝަނަލް މެރަތަންގައި އަހްމަދު ޝަރަފް ހަދާފައިވާ މެރަތަން(42ކިލޯ މީޓަރު)ގެ ރިކޯޑް ނެޕޭލްގެ ވެރިރަށް ކަތަމަންޑޫގައި މުހައްމަދު ޝިފާޒް މުގުރާލައިފިއެވެ.

ސާފް ގޭމްސް 1989ގައި ކުޑަހުސެން ރިކޯޑު ހެދިތާ 27 އަހަރު ފަހަން ޝަރަފް މެރެތަންގެ ރިކޯޑް މުގުރާލި ނަމަވެސް ޝިފާޒް ވަނީ އެންމެ ހަމަސް ދުވަހުގެ ތެރޭގައި ޝަރަފްގެ ރިކޯޑައަށް ނިމުމެއް ގެނެސްފައެވެ.

ނޭޕާލުގައި ދުވި މިރޭސްގައި ދުވެ ޝިފާޒްއަށް ހަވަނަ ލިބިފައިވާއިރު މެރަތަންގެ ދުވުން ނިންމާލެވިފައިވަނީ ދެ ގަޑިއިރާއި 40 މިނެޓާއި 47 ސިކުންތުންނެވެ.މިއީ ޝަރަފްގެ ރިކޯޑް ހަދާފައިވާ ޓައިމިންއަށްވުރެ އެއް މިނެޓާއި 41 ސިކުންތު އަވަސް ވަގުތެކެވެ.

ކުޑަހުސެން ދުވުން ނިންމި ވަގުތަށްވުރެ ދެ މިނެޓާ 13 ސުކުންތު އަވަހަށް ނިމައިގެން ރިކޯޑް ހަދާފައިވާ ޝަރަފްގެ ރެކޯޑު މުގުރާލި ޝިފާޒަކީ ގައުމީ ހާފް މެރަތަންގެ ރެކޯޑު ވެސް އޮންނަ އެތުލީޓެވެ. އޭނާ ވަނީ މިއަހަރުގެ ތެރޭގައި ދެ ފަހަރަށް ގައުމީ ހާފް މެރަތަން ރެކޯޑު އާކޮށްފައެވެ.