English Edition
Dhivehi Edition

މިދިޔަ އާދީއްތަ ދުވަހު ދުނިޔޭގެ ހާފް މެރެތަން ޗެމްޕިއަންޝިޕުގައި މިވަގުތު ދިގު ދުވުމުގައި ރާއްޖޭގައި ހުރި އެންމެ ކާމިޔާބު ދުވުން ތެރިޔާ ޝިފާޒް މުހައްމަދު ހާފް މެރެތަން ގައުމީ ރެކޯޑް އާކުރިތާ ހަފްތާއެއް ވެސް ނުވަނީސް އަހްމަދު ޝަރަފް އެ ރިކޯޑް މުގުރާލައިފިއެވެ.

ޝިފާޒްގެ ރިކޯޑް ޝަރަފް މުގުރާލާފައިވަނީ 12 ސިކުންތު ފަރަގަކާ އެކު ގައެވެ.

ސްޕެއިނުގެ ވެލެންސިއާގައި 1 ގަޑި 14:23 މިނެޓުން ދުވެގެން ޝިފާޒް އާކުރި ރެކޯޑް ޝަރަފް މުގުރާލީ މޮރޮކޯގެ ސެމީ މެރެތަން އިންޓަނޭޝަނަލްގައި 1 ގަޑި 14:11 މިނެޓުން ދުވެގެންނެވެ.

މީގެ ކުރިން 2016 ވަނަ އަހަރުގެ ތެރޭގައި ޝަރަފް ވަނީ ހާފް މެރަތަންގެ ގައުމީ ރެކޯޑު ގާއިމްކޮށްފައެވެ. އޭރު ޝަރަފް ގާއިމްކުރި ރެކޯޑު، ޝިފާޒް މުގުރާލީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މިދިޔަ އާދީއްތަ ދުވަހު ރެކޯޑު އާކުރުމުގެ ކުރިން ޝިފާޒް ވަނީ މިދިޔަ ހަފްތާ ތެރޭގައި ވެސް އޭނާގެ އަމިއްލަ ރެކޯޑު އާކޮށްފައެވެ.

ޝަރަފަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މުގުރާނުލެވި އެންމެ ގިނަ ދުވަސްވީ އެއް ރެކޯޑް ކަމަށްވާ މެރެތަން ދުވުމުގެ ރެކޯޑް 27 އަހަރަށް ފަހު މުގުރާލި ދުވުންތެރިޔާ އެވެ. އެކަމަކު އެ ރެކޯޑް މިހާރު އޮތީ ޝިފާޒުގެ އަތުގަ އެވެ.