English Edition
Dhivehi Edition

ގަތަރުގެ ދޯހާގައި މީހާރު ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ފައިނަލާއި ހިސާބުން މުބާރާތާއި ވަކިވާން ޖެހިއްޖެއެވެ.

ޖުލައި މަހު މޮރިޝަސްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ތައްޔާރު ވަމުން އަންނަ ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ސާއިދު ވަނީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް ހަތަރު ވަނަ އަށް ރޭސް ނިންމައިފަ އެވެ.އެހެން ނަމަވެސް މިއަހަރުގެ މުބާރާތުން ސާއިދު ސެމީ ފައިނަލަށް ދަތުރު ކުރީ ވާދަ ކުރި ހީޓުން ފަސް ވަނަ ހޯދައި ފަސް ހީޓްގެ ތެރެއިން ފަސް ވަނައިގައި އެންމެ އަވަހަށް ރޭސް ނިންމުމުންނެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ހީޓުގައި ރޭ ސާއިދު އޭޝިޔާގެ އެންމެ ވަރުގަދަ ގައުމުތަކުގެ އެތުލީޓުން ވާދަކުރި ހީޓުގައި ދުވެ ރޭސް ނިންމާފައިވަނީ 10.56 ސިކުންތުން ހީޓުގެ ހަ ވަނަ އަށެވެ.އޭނާ ދުވި ހީޓުގެ އެއް ވަނަ އާއި ދެ ވަނަ އަދި ތިން ވަނަ ހޯދީ، ޖަޕާން، ކޮރެއާ އަދި ޗައިނާގެ ދުވުންތެރިންނެވެ. އެއް ވަނަ ހޯދި ޖަޕާންގެ ރޮއިޓޯ ޔަމަގާޓާ ރޭސް ނިންމީ، 10.18 ސިކުންތުންނެވެ. ދެ ވަނަ ހޯދީ އިންޑޮނޭޝިއާގެ ލާލް މުހައްމަދު ޒޮހްރީ ރޭސް ނިންމީ 10.13 ގަ އެވެ. ތިން ވަނަ ހޯދީ ޗައިނާގެ ޒިކިއަންގް ވޫ ރޭސް ނިންމީ 10.18 ސިކުންތުންނެވެ.

ސާއިދު ވަނީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް ހަތަރު ވަނަ އަށް ރޭސް ނިންމައިފަ އެވެ. އެ ފަހަރުގެ ކާމިޔާބީއާ އެކު ސާއިދު ވެގެން ދިޔައީ މަތީ ފަންތީގެ ކުޅިވަރަކުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ދިވެއްސަށެވެ.