English Edition
Dhivehi Edition

1442 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ވިލިނގިލީގައި ހަމަޖައްސައިފިއެވެ.

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލް އިދާރާއިން ނެރުއްވާފައިވާ އިޢުލާން ނަންބަރު (IUL)407/407/2021/17 ވާ ގޮތުން 1442 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުން 06 ރަމަޟާން 1442، 18 އޭޕްރީލް 2021 ވާ އާދިއްތަ ދުވަހުން ފެށިގެން 24 ރަމަޟާން 1442، 06 މެއި 2021 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 30؛9 އިން 30؛11 އަށް ކައުންސިލް އިދާރާގައި ކުރިއަށް ދާނެ އެވެ.

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ގޮވާމުގެ މިންވަރަށް އެ ބަޔަކު ޢާންމުކޮށް އަހަރު ތެރޭގައި ކައި އުޅުނު ގޮވާމެއްގެ އަގަށްވާ ފައިސާއެވެ.

1 – އާދައިގެ ހަނޑުލުންނަމަ މީހަކަށް 12ރ

2 – ތައިލެންޑް ހުދު ހަނޑުލުންނަމަ މީހަކަށް 48ރ

3- ބާސްމަތީ މޮޅު ހަނޑުލުންނަމަ މީހަކަށް 92ރ

4- އާޓާ ފުށް ނަމަ މީހަކަށް 78ރ

5- ރަތް ހަނޑޫނަމަ މީހަކަށް 72ރ

ފިތުރުޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚްގެ ކުރިން ފިތުރުޒަކާތް ދައްކަވާ ނިންމެވުމަށް ވިލިނގިލީ ކައުންސިލުން އެދިވަޑައިގަނެއެވެ.. އަދި ފައިސާ ދައްކަވަން ވަޑައިގަންނަވާއިރު ވަކިލާރީގެ ކަންތައް ހަމަޖައްސަވައިގެން ވަޑައިގެންދެއްވުމަށް އެދޭ ކަމަށްވެސް އިޢުލާނުގައިވެއެވެ.