English Edition
Dhivehi Edition
ޒަކާތް ބަލައިގަތުން/ފޮޓޯ އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތުގެ ގޮތުގައި މާލޭގައި ދިރިއުޅޭ ފަގީރުންނަށް، ބޮލަކަށް 8،000 ރުފިޔާގެ މަގުން ޒަކާތު ފައިސާ ބަހަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު މާލޭގައި ޒަކާތް ހައްގުވާ މީހުންގެ ތެރެއިން ބަހަން ނިންމާފައި ވަނީ ބޮލަކަށް 8،000 ރުފިޔާގެ ރޭޓުން ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ފައިސާ ޖަމާވާނީ ސީދާ އެމީހެއްގެ އެކައުންޓަށް ކަމަށެވެ.

ތާރީޚީ ގޮތުން ބަލާއިރު ދިވެހިރާއްޖޭގައި ފިޠުރު ޒަކާތް ބަހަމުން އަންނަނީ އެރަށަކުން ލިބޭ އެއްޗެހި އެރަށެއްގެ ފަޤީރުންނަށެވެ. އަދި އެރަށެއްގައި ފަޤީރަކު ނެތް ނަމަ އެންމެ ގާތުގައި އޮތް ފަޤީރުން ތިބި ރަށަކަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު މާލެއަށް ފިޠުރު ޒަކާތް ދެއްކި އަދަދު އިތުރުވެފައިވާކަމަށެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ އެކި ސަބަބުތަކާ ހުރެ ޖަލުގައި ބަންދުވުމުގެ ސަބަބުން އަނބި ދަރިންނަށް ނިކަމެތި ކަން މެދުވެރި ވެފައިވާ ފަރާތްތަކުގެ ޢާއިލާތަކަށް ވެސް ފިޠުރު ޒަކާތުން އެހީތެރިކަން ލިބިގެން ދާނެކަމަށެވެ. އަދި ކުޑަކުދިންގެ ހިޔާއާއި ޚާއްސަ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކުގެ މަރުކަޒުގައި ތިބި ފަރާތްތަކަށްވެސް ފިތުރު ޒަކާތް ލިބިގެން ދާނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.