English Edition
Dhivehi Edition

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 07 ގޮނޑި އެމްޑީޕީއިން ކާމިޔާބުކޮށްފިއެވެ.

އިއްޔެ ބޭއްވި އިންތިހާބުގައި ހިތަދޫގެ ފަސް ގޮނޑި އެމްޑީޕީން ކާމިޔާބުކޮށްފައިވާއިރު މަރަދޫ ފޭދޫ ދާއިރާ އަދި ހުޅުދޫ ދާއިރާގެ ގޮނޑިވެސް އެމްޑީޕީއިން ވަަނީ ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ވޯޓަކާ ނުލާ އެމްޑީޕީއިން ފޭދޫ ދާއިރާ، މަރަދޫ ދާއިރާ އަދި މީދޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާއިރު އެ ޕާޓީންވަނީ މުޅި އެކު 10 ގޮނޑި ކާމިޔާބުކޮށްފައެވެ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިތަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރި ކެންޑިޑޭޓުންނަކީ:

  • އައިޝަތު ނަދާ
  • ހަދީޖާ އިބްރާހީމް ދީދީ
  • ފާތިމަތު ހީނާ
  • މަރްޔަމް ނަސީރާ
  • އަނޫޝާ މުފީދު

މީގެ އިތުރުން

  • މީދޫ ދާއިރާ- ނައުމާ އަބްދުﷲ
  • މަރަދޫ ދާއިރާ- ނުސްރަތު ރަޝީދު
  • ފޭދޫ ދާއިރާ – ހައްވާ ޒާހިރާ
  • މަރަދޫފޭދޫ ދާއިރާ – ސަލްމާނާ މޫސާ
  • ހުޅުދޫ ދާއިރާ – އައިޝަތު ދުސޫމާ

1 ކޮމެންޓް
ރަދީފް
އޭޕްރީލް 12, 2021
ވޯޓަށް މަކަރު ހަދައިގެން ދޯ ދުސޫމާ ހޮވުނީ.ތަމެން ތިޔާއީ މަކަރު ހެދުމުގެ 1 ވަނައޭ ނުބުނަން މަމެން ނެތިން.