English Edition
Dhivehi Edition
ފޮޓޯ: ސޮޗަލް މީޑިއާ

އައްޑޫ ސިޓީ މީދޫގައި ދެ ސައިކަލެއްގައި ރޯކޮށްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައުވާ ގޮތުގައި މި ސައިކަލުގަިއ ރޯކޮށްލާފައިވަނީ ރޭގެ ވަގުތެއްްގައެވެ.

ފުލުހުން ވިދާޅުވީ ސ. މީދޫ ޔާގޫތުގޭގެ ފެންޑާގައި ބަހައްޓާފަ ހުރި 2 ސައިކަލުގައި ރޯކޮށްލާފައިވާ ކަމަށާއި އެ ހާދިސާގެ މައުލޫމާތު އެ އިދާރައަށް ލިބިފައިވަނީ ރޭ 11:37 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެކަމަކު ދެެ ސައިކަލު ވެސް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ. އަދި މި އަލިފާނުގެ އަސަރު އެ ގެއަށް ވެސް ކޮށްފައިވާއިރު ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.