ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މައްސަލަޖެހުނީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ރާއްޖެއަށް ބޭނުންވި ވެންޓިލޭޓަރުތައް ގެނައުމުގައި ހިންގި ކޮރަޕްޝަނާއި ގުޅިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ވަނީ ކޮވިޑް-19 އާ ގުޅިގެން, ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައާއި ގުޅިގެން މީގެ ކުރިންވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މި ގޮތުން ނަޝީދު ވަނީ ވެންޓިލޭޓަރު މައްސަލާގައި މަތި ޖެހުނަ ދީފި ނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑުވާނެކަމަށާއި ސަރުކާރުން މިކަމުގައި ވަރަށް ބޮޑަށް ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނަން ނޭދޭކަމަށް މީގެ ކުރިންވެސް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު މިއީ އެކަމާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި މައްސަލަޖެހުނުކަން ރައީސް ނަޝީދު ހާމަކުރެއްވި ފުރަތަމަ ފަހަރެވެ،
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން ބޭނުންވަނީ އެ ޕަޓީއަކީ ނަޒާހަތްތެރި ޕާޓީއެއްގެ ގޮތުގައި ވުމަށްކަަށާއި އަދި މެމްބަރުން އެދޭ ފަދަ ގޮތަކަށް އެކަން ކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި އެ މަނިކުފާނާއި ރައީސް އާއި ދެމެދު ޖެހުނު މައްސަލަ އަކީ ވެންޓިލޭޓަރުގެ މައްސަލަކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.
މިފަހަރުގެ ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ކުރިމަތިވި ނާކާމިޔާބީ އަކީ ޕާޓީ ބައިބައިވެފައި އޮތުމުން ކުރިމަތިވި ކާމިޔާބީއެއް ކަމުގައި އެ ޕާޓީގެ ގިނަ މެމްބަރުން ވަނީ ބުނެފައެވެ.