English Edition
Dhivehi Edition
-ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި މާލެ ސިޓީގެ ގިނަ ގޮނޑިތައް ޕީޕީއެމް އިން ކާމިޔާބުކޮށްފިއެވެ.

މިހާތަނަށް އާންމުކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު މާލޭގެ މޭޔަރުކަމަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުއިއްޒު ބޮޑު ތަފާތަކުން އިންތިހާބުވެފައިވާއިރު، އެ ޕާޓީއަށް ވަނީކައުންސިލްގެ 12 ގޮނޑިއެއް ކަށަވަރު ވެފައެވެ.

މިހާރުގެ ނަތިޖާ ދައްކާ ގޮތުން، ޕީޕީއެމް އިން ކާމިޔާބުކޮށްފައިވާ ގޮނޑިތަކަކީ:

  • ވިލިމާލޭ ދާއިރާއަށް ވާދަކުރެއްވި ނަހުލާ އަލީ
  • ހުޅުމާލެ ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް ޝުއާއު
  • މައްޗަންގޯޅީ ދެކުނު ދާއިރާއަށް ވާދަކުރެއްވި އައިޝަތު ނާޒިމާ
  • މާފަނު މެދު ދާއިރާއަށް ވާދަކުރެއްވި އަހުމަދު ނަރީޝް
  • މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް އަބޫބަކުރު
  • މާފަންނު ދެކުނު ދާއިރާއަށް ވާދަކުރެއްވި އަބްދުﷲ ނާސިރު
  • ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރެއްވި އަހްމަދު އައިފާން
  • މައްޗަށްގޯޅީ އުތުރު ދާއިރާއަށް ވާދަކުރެއްވި ސައީދާ ރަޝާދު
  • ހެންވޭރު ދެކުނު ދާއިރާއަށް ވާދަކުރެއްވި ފާތިމަތު ޝަމްނާޒް އަލީ ސަލީމް
  • ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރެއްވި އިބްރާހިމް މުހައްމަދު
  • މެދުހެންވޭރު ދާއިރާއަށް ވާދަކުރެއްވި އާދަމް ރަމީޒު

އިދިކޮޅު ޕީޕީއެމް އިން މާލެ ސިޓީގެ 12 ގޮނޑި ކާމިޔާބުކޮށްފައިވާއިރު އެ ސިޓީގެ ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާތައް އަދި ލިބިފައެއްނުވެއެވެ.

މާލެ ސިޓީ ކައުންސިލްގައި ހިމެނެނީ މޭޔަރާއެކު 19 ކައުންސިލަރުންނެވެ.