English Edition
Dhivehi Edition

އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިއަށް އޮތް ދައުރަށް ގދ. އަތޮޅުގެ ކައުންސިލް ރައީސް ކަމުގެ މަގާމު ޕީޕީއެމްގެ ޓިކެޓުގައި އެމަގާމަށް ވާދަކުރެއްވެވި ކެންޑިޑޭޓް ޙަސަން ފައިހަތު ޤުދުރަތުﷲ (ފައިހަތު) ކާމިޔާބު ކުރައްވަވައިފިއެވެ.

ފައިހަތުގެ އިތުރުން މި މަގާމަށް ދެން ވާދަ ކުރެއްވެވީ އެމް.ޑީ.ޕީ ގެ ޓިކެޓުގައި މުޙައްމަދު ޙަސަން (ކެޔޮޅު) އާއި އަމިއްލަ ގޮތުން ވާދަކުރެއްވެވި މުޙައްމަދު މުޚުތާރެވެ.

މި އިންތިޚާބުގައި ގދ. އަތޮޅުގެ ވޯޓު ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަދަދަކީ 15،189 އެވެ.