English Edition
Dhivehi Edition

އިއްޔެ ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިއަށް އޮތް ދައުރަށް ގދ. ތިނަދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމު ކުރިންވެސް ތިނަދޫ ކައުންސިލްގެ މެމްބަރެއްގެ މަގާމު ފުރުއްވި ސަޢުދު ޢަލީ (ސައުދު) ހޯއްދަވައިފިއެވެ.

އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވަވާ ބޮޑު ތަފާތަކުން ސައުދު ވަނީ އިންތިޚާބު ކާމިޔާބު ކުރައްވަވާފައެވެ.

ސައުދުގެ އިތުރުން މި މަގާމަށް ދެން ވާދަ ކުރެއްވެވީ ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލި މުޙައްމަދު ނަސީމާއި (ނަސީމް) އަމިއްލަ ގޮތުން ވާދަކުރެއްވެވި މުޙައްމަދު ޔޫޝައު (ޔޫބެ) އެވެ.

މި އިންތިޚާބުގައި ގދ. ތިނަދޫ އިން ވޯޓް ދިނުމުގެ ޙައްގު ލިބިގެންވާ މީހުންގެ އަދަދަކީ 5،389 އެވެ.