English Edition
Dhivehi Edition

ގދ. ތިނަދޫ ފެރީ ޓާރމިނަލު ތަރައްގީކޮށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

އެރަށު ކައުންސިލުގެ ރައީސް ސަޢުދު ޢަލީ، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ ފެރީ ޓާރމިނަލް ތަރައްގީ ކުރާނީ ޒަމާނީ ފެންވަރަށް ކަމަށާއި އެގޮތުން އެކި އެކި ބޭނުންތަކަށް އެރަށަށް އަންނަ މީހުންނަށް ފަސޭހަވާނޭގޮތަށް ފަރުވާކުރަމުން އަންނަކަމަށެވެ.

ސަޢުދު މިހެން ވިދާޅުވެފައިވާއިރު، އެ މަސައްކަތް ވަރަށް ހަލުވިކަމާއެކު މިހާރުއަންނަނީ ކުރަމުންނެވެ. އެގޮތުން އެތަނުގައި ހުރި ގޮނޑިތައް ބަދަލުކޮށް މިހާރުވަނީ ބެންޗުތަކެއް ޖަހާފައެވެ.

ސަޢުދު އިތުރަށް ވިދާޅުވީ ތިނަދޫއަށް ވަނީ މިފަހުން ބަދަލުތަކެއް އައިސްފައިވާ ކަމަށާއި އެހެންވެ، އެބަދަލުތަކާއެކު ރަށުގެ އެއްގަމު ތޮށީގެ ޖާގަ ބޮޑުކުރަން ޖެހިފައިވާކަމަށެވެ.

އެހެންނަމަވެސް މިވަގުތު ބަނދަރުގެ ޖާގަ ބޮޑު ކުރުމުގެ މަޝްރޫއެއް ހިންގެންނެތަތީ ކައުންސިލްގެ އަމާޒަކީ މުޅި ބަނދަރު ހެޔޮ ގޮތުގައި ބޭނުން ކުރެވޭނެ ހަރުދަނާ އުސޫލުތަކެއް ގާއިމްކުރުން ކަމަށް ވެސް ތިނަދޫ ކައުންސިލުގެ ރައީސް ސަޢުދު ޢަލީ ވިދާޅުވިއެވެ.