English Edition
Dhivehi Edition

ރާއްޖޭގައި ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް 63.6 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓްލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީން ދެންމެ ވަނީ 6:40 އާ ހަމަ އަށް ވޯޓު ދިން މީހުންގެ އަދަދުތައް ހާމަކޮށްފައެވެ. އެއީ ޖުމްލަ 178،280 މީހުންނެވެ. އޭގެ ތެރޭގައި 90،134 ފިރިހެނުންނާއި 88،146 އަންހެނުން ހިމެނެއެވެ.

މި އިންތިޚާބުގައި 982 މެންބަރުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިޚާބު ކުރާނެއެވެ.