English Edition
Dhivehi Edition
ފުވައްމުލައްސިޓީގައި މީހަކު ވޯޓުއަޅަނީ: ފޮޓޯ ރިފްގާ/ އޭއޯ ނިއުސް

މިއަދު ކުރިޔަށްދާ ލޯކަލް ކައުންސިލްގެ އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބު ގައި މިހާތަނަށް ލައްކައަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ޓްވިޓާގައި ހިއްސާ ކުރައްވާފައިވާ މައުލޫމާތުތައް ދައްކާގޮތުން މިއަދު 14:00 އާ ހަމަޔަށް 100829 މީހަކު ވަނީ ވޯޓުލައިފައެވެ. މީގެ ތެރޭގައި ހިމެނެނީ 53689 ފިރިހެނުން އަދި 47140 އަންހެނުންނެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް އަހުމަދު ޝަރީފު މިއަދު މެންދުރު ވިދާޅުވެފައިވަނީ މި އިންތިޚާބުގައި ވޯޓުލާނެ ކަމަށް ލަފާކުރެވެނީ 38-40 ޕަސެންޓު މީހުންކަމަށެވެ.

މިއަދު ހެނދުނު 7:00ގައި ވޯޓުލާން ފެށި އިރު މިހާރު ވަނީ ގިނަ ރަށްރަށުގައި ވޯޓުފޮށިތައް ބަންދުކުރަން ފަށާފައެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 2 ލައްކައަށް ވުރެ ގިނަ މީހުންނަށް ލިބިގެންވެއެވެ. ނަމަވެސް އެހެން އިންތިހާބުތަކާއި އަޅައި ބަލާއިރު އަދި މިހާތަނަށް ވޯޓުލީ މީހުންގެ އަދަދު މަދެވެ.

މި އިންތިޚާބުގައި ޖުމުލަ 3،814 ކެންޑިޑޭޓަކު ވާދަކުރެ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބުގައި 2،234 ކެންޑިޑޭޓުންނާއި އަންހެނުންގެ ކޮމިޓީ އަށް ވާދަކުރާ 1،580 ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ ހައްގު ލިބެނީ 273،128 މީހަކަށެވެ.