English Edition
Dhivehi Edition

ބޭނުންވާތަކެތި: 300ގ ކައްޓަލަ 1 ބައި މޭޒުމަތީސަމްސާ މުގުރި މިރުސް ބައި މޭޒުމަތީ ސަމްސާ ރީނދޫ 1 މޭޒުމަތީ ސަމްސާ މުގުރި ދިރި 1 މޭޒުމަތީ ސަމްސާ ހަވާދު، މަސާލާ 2 ސަމްސާ ފުށް ރަހަލާވަރުގެ ލޮނުކޮޅެއް ކުޑަ ތެޔޮފޮދެއް   ތައްޔާރުކުރާނެގޮތް: ކައްޓަލަތައް ރަނގަޅަށް ދޮވެލުމަށްފަހު ޕްރެޝަރ ކުކަރ އަކުން ރަނގަަަަޅަށް މަޑުކޮށްލާށެވެ. މަޑުކުރި ކައްޓަލަތައް ތަށްޓަކަށް އެޅުމަށްފަހު މިރުސް، ލޮނު، ހަވާދު، ރީނދޫ، ދިރިކޮޅު އަޅާލާފައި ރަނގަޅަށް މޮޑެލާށެވެ. މޮޑުނު ބައިން ކުދި ގުޅަތައް ހަދާލުމަށް ފަހު ދެއަތުން ގުޅަތައް ފިއްތާލާށެވެ. އަދި ކުޑަ ފުށްކޮޅެއްގެ ތެރެއަށް އަޅާލުމަށްފަހު ރަނގަޅަށް އޭގެ ބޭރުގައި ފުށްކޮޅު ހާކާލާށެވެ. ތަވައަކަށް ތެޔޮފޮދެއް އަޅާލުމަށްފަހު ތެޔޮފޮދު ހޫނުވުމުން ތައްޔާރުކުރި ކަޓްލަޓްސްތައް ތެލުލާށެވެ. ދެފުށް ދެފުށަށް ޖެހުމަށްފަހު މަޑު ރަތްކުލަ އެރުމުން ކިޗަން ޓިޝޫއެއްގެ މައްޗަށް ނަގާފައި ބަހައްޓާށެވެ. ހޫނުކޮށް ހުއްޓާ ސޯސް އާއެކީ ބޭނުންކުރަން މީރުވާނެއެވެ.

  • ބައެއްމީހުން ފިޔާ، ލޮނުމިދު ފަދަ ތަކެތިވެސް މީރުކޮށްލަން އަޅައެވެ.