English Edition
Dhivehi Edition
އައްޑޫސިޓީގެ ހުޅުމީދޫގައި މީހަކު ވޯޓު އަޅަނީ: ފޮޓޯ ހަފީޒް/ އޭއޯ ނިއުސް

ގިނަ އަދަދެއްގެ ކެންޑިޑޭޓުންނާ އެކު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 7:00ގައި ފަށައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާުބުގެ ވޯޓުލުން މިއަދު 7:00 އިން ފެށިގެން ހަވީރު 5:00 ގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިއަދު ކުރިއަށް ދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިންތިޚާބުގައި އެމީހަކު ވޯޓުލާން ރަޖިސްޓްރީވެފައިވާ މަރުކަޒު ބެލުމަށް VR (space) IDcard number ޖެއްސެވުމަށްފަހު 1414 މެސެޖް ކުރެއްވުމުން ހޯދޭނެ އެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންވެސް އެ މައުލޫމާތު ހޯދޭނެ އެވެ.

މި އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އިންތިހާބުގައި ވާދަކުރާނީ 3،934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2،264 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1،670 ކެންޑިޑޭޓުންނެވެ.

މިއަދު ވޯޓުލުން ކުރިއަށް ދިޔަ ނަމަވެސް، ތަޖުރިބާރުން ބުނަނީ އެހެން އަހަރުތަކާ ހިލާފަށް ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު މަދުވުން އެކަށީގެންވާ ކަމަށެވެ.