English Edition
Dhivehi Edition

ހަންގަނޑަކީ ތަފާތު މައްސަލަތައް އެންމެ ގިނައިން ދިމާވާ އެއްބައެވެ. ހާއްސަކޮށް މޫނުގެ ހަންގަނޑަށް ކޮންމެވެސް ކަހަލަ މައްސަލަތަކެއް ދިމާނުވާ މީހަކު ވަރަށް މަދުވާނެއެވެ. އެގޮތުން ބިހި ނެގުމާއި ލަކުނުލުން، ހަނގަނޑު ހިކުން، ހަނފޮޅުން އަދި ރޫޖެހުން ހިމެނެއެވެ. މި ކަންތަކުގެ އިތުރަށް ލޯކައިރި ކަޅުވުމާއި ނޭފަތުގެ ދެ އަރިމަތި ކަޅުވުމަކީ ވެސް ވަރަށް ގިނަފަހަރަށް މީހުންނަށް ދިމާވާ މައްސަލައެކެވެ. އާންމުކޮށް ނޭފަތުގެ ދެއަރިމަތި ކަޅުވުމުގެ މައްސަލަތައް ދިމާވަނީ ހަށިގަނޑުގައި އުފައްދާ ބައެއް ހޯމޯންތަކުންނެވެ. މި މައްސަލަ ހައްލުކުރުމަށް ބާރުގަދަ ބޭސް ބޭނުން ނުކޮށް ގޭގައި ހައަރެމެންނަށް ދެވިދާނެ ބައެއްފަރުވާތައް ހިއްސާކޮށްލާނަމެވެ.

1- ލުނބޯ

ލުނބޯއަކީ އޭގައި ގިނަ އަދަދަކަށް ވިޓަމިން “ސީ” އެކުލެވޭ މޭވާ އެކެވެ. މީގައި ހިމެނޭ ސިޓްރަސް މާއްދާގެ ސަބަބުން ހަންގަނޑުގެ ގިނަ މައްސަލަތައް ހައްލުކޮށްދެއެވެ. ނޭފަތުގެ ކަޅުވެފައިވާ ސަރަހައްދުގައި ލުބޯހުތް އުނގުޅާށެވެ. ހިކެންދެން ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ. ކަޅުވެފައިވާ ސަރަހައްދު އަލިވަންދެން މިގޮތަށް ފަރުވާދޭށެވެ.

2- އަލޮވެރާ

ކަޅުވެފައިވާ ސަރަހައްދުގައި ތާޒާ އަލޮވެރާ ޖެލް އުނގުޅާށެވެ. އެއަށްފަހު ހިކެންދެން ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ.

3- ބިހުގެ ހުދު ބައި

ބިހުގެ ހުދުބައިން ލިއްބައިދެނީ ޕްރޮޓިންއެވެ. ޕްރޮޓިން މިމާއްދާގައި ހަންގަނޑު ކަޅުވުމުން ސަލާމަތްކޮށްދޭ ބައިތައް ހިމެނެއެވެ. ބިހުގެ ހުދުބައި ކަޅުވެފައިވާ ސަރަހައްދުގައި އުނގުޅުށްފަހު ހިކެންދެން ބެހެއްޓުމަށްފަހު ފިނިފެނުން ދޮވެލާށެވެ.

4- ޓޮމާޓޯ

ޓޮމާޓޯ އިން ޖޫސް ނެގުމަށްފަހު ކަޅުވެފައި ވާ ސަރަހައްދުގައި އުނގުޅުމަށްފަހު 15 މިނެޓް ވަންދެން ބަހައްޓާފައި ދޮވެލާށެވެ. ޓޮމާޓޯގައި ހިމެނޭ މާއްދާތަކުން ހަންގަނޑު އަލިކޮށްދެއެވެ.

5- ވިނެގާ

ވިނެގާ އަކީ އޭގައި އެންޓި އިންފްލެމެންޓަރީ މާއްދަގެ އިތުރުން އެސެޓިކް އެސިޑް އައި އަލްފާ ހައިޑްރޮކްސީ އެސިޑް ހިމެނޭ އެއްޗެކެވެ. މި މާއްދާ ތަކުން ހަންގަނޑު އެކްސްފޮލިއޭޓް ކޮށްދެއެވެ. އަދި މީގައި ހިމެނޭ ޕީއެޗް މާއްދާގެ ސަބަބުން ހަންގަނޑު އިތުރަށް ސާފުކޮށް ރީތި ކޮށްދެއެވެ. ކަފަކޮޅެއް ވިނެގާއިން ތެންމާލާފައި ނޭފަތުގެ ކަޅުވެފައިވާ ސަރަހައްދުގައި ބޭއްވުމަށްފަހު އިރުކޮޅަކުން ނަގާލާފައި ފިނިފެނުން ދޮވެލާށެވެ.

ގެނެސްދީފައިވާ ފަރުވާ ތަކުގެ އިތުރަށް ހަންގަނޑު އަބަދުވެސް ރީތިކޮށް ބެހެއްޓުމަށްޓަކައި ހަންގަނޑު ރަނގަޅަށް ސާފުކޮށް ބަލަހައްޓަން ޖެހެއެވެ. އަދި ހަންގަނޑަށް އެންމެ ބޭނުންވާ ވިޓަމިން “ސީ” މި މާއްދާހިމެނޭ މޭވާ ގިނަގިނައިން ކެއުމާއި، ފެންބުއިން ،ހަންގަނޑު މޮއިސްޗަރ ކުރުން، އަތްވަށް ނިކުންނަ އިރު ސަންސްކްރީން ލޯޝަން ބޭނުންކުރުން ހިމެނެއެވެ.