English Edition
Dhivehi Edition

ހަންގަނޑު ކަޅުވުމަކީ އަޅުގަނޑުމެން އޭޝިއާބައްރުގެ މީހުންނަށް އާންމުކޮށް ދިމާވާ މައްސަލައެކެވެ. އާންމު ގޮތެއްގައި އުޅަބޮށްޓާއި ކިހިލިފަތް، އަދި އުކުޅުވަޅު ފަދަ ސަރައްދުތައް އަޅުގަނޑުމެން އޭޝިއާއަށް ނިސްބަތްވާ މީހުންގެ ކަޅުވުން ވަރަށްގިނައިން ދިމާވެއެވެ.

ހަމުގެ ޑޮކްޓަރުން ބުނާގޮތުގައި މިހެންދިމާވަނީ ހޯމޯނަލް އިންބެލެންސް އެއްގެ ސަބަބުންނާއި، ހަންގަނޑަށް ދިމާވާ އެހެން މައްސަލަތަކާއި ފަލަވުމުގެ ސަބަބުންނެވެ. ތިރީގައި މިވަނީ ހަންގަނޑު ކަޅުވެފައިވާ ނަމަ ކުލަ އަލިކޮށްލުމަށް ގޭގައި ދެވިދާނެ ބައެއްފަރުފާތަކެވެ.

ކާށިތެޔޮ އަދި ލުނބޯ ހުތް:

ހަންގަނޑުގައި ކަޅުވެފައިވާ ސަރަހައްދު އެންމެ ފަސޭހައިން އަލިކޮށްލެވޭނީ ލުބޮލުގެ ހުތުންނެވެ. ލުބޮލަކީ އޭގައި ގިނައަދަދަކަށް ވިޓަމިން “ސީ” އެކުލެވޭއެއްޗެކެވެ. ލުބޯޖޫހާއި ކާށިތެޔޮ އެއްކޮށްލުމަށްފަހު ހަންގަނޑުގައި ކަޅުވެފައި ހުންނަ ސަރަހައްދުގައި އުނގުޅާލުމަށްފަހު 10-15 މިނެޓް ވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ކަޅުވެފައިވާ ސަރަހައްދު އަލިވަންދެން މި ރިމެޑީ ބޭނުން ކުރެވިދާނެއެވެ.

ބޭކިންގސޮޮޑާ:

ބޭކިންގ ސޮޑާއި ފެންފޮދެއް އެއްކުރުމަށްފަހު ޕޭސްޓް ތައްޔާރުކޮށްފައި ހަންގަނޑުގައި ކަޅުވެފައިވާ ސަރަހައްދުގައި އުނގުޅާށެވެ. 10-15 މިނެޓްވަންދެން ބެހެއްޓުމަށްފަހު ދޮވެލާށެވެ. ބޭކިންގސޮޑާއަކީ ބާރުގަދަ އެއްޗަކަށް ވުމުން ހަންގަނޑުގައި އުނގުޅުމުގެ ކުރިން ޓެސްޓްކޮށްލާފައި އުނގުޅުން ރަނގަޅެވެ.

އަލޮވެރާ:

އަލޮވެރާ އަކީ އޭގައި ޖާދޫއެއް އެކުލެވިގެންވާ އެއްޗެކޭވެސް ބުނެވިދާނެއެވެ. ހަންގަނޑުގައި ހަލާކުވެފައި ހުންނަ ތަންތާގައި އަލޮވެރާ ޖެލްކޮޅެއް އުނގުޅުމުން ހަނގަޑު ރަނގަޅުވެއެވެ. ކަޅުވެފައި ހުންނަ ސަރަހައްދުގައި އަލޮވެރާ ޖެލްކޮޅެއް އުނގުޅާލުމަށްފަހު ހިކެންދެން ބަހައްޓާށެވެ. އަލޮވެރާގައި ހިމެނޭ ޖަދުވީ މާއްދާއެއް ކަމަށްވާ އެލޮއިން އިން ހަންގަނޑު އަލިކޮށްދީ ރީތިކޮށްދެއެވެ.

އަލުވި:

 

އަލުއްވެއް ފޮތިކޮށްފައި ހަންގަނޑުގައި ކަޅުވެފައިވާ ސަރަހައްދުގައި އުނގުޅާށެވެ. 10މިނެޓްވަންދެން އަލުވިފޮތިން ހަންގަނޑު މަސާޖްކުރުމަށްފަހު ދޮވެލާށެވެ. އަލުވީގައި ހިމެނޭ ކެޓެކޮލޭސް ކިޔާ މިމާއްދާއިން ހަންގަނޑު އަލިކޮށްދީ ރީތިކޮށްދޭނެއެވެ.

ހަށިގަނޑުގައި ފޮރުވިފައިވާ ސަރަހައްދު ތައް ކަޅުވުން ފަދަ ކަންކަން ދިމާވީމަ އަޅުގަނޑުމެން ނަށް ގިނަފަހަރު ޑޮކްޓަރަށް ދެއްކުމަށް ދާންފަސްޖެހި އެވާހަކަ ދައްކަން ލަދު ގަނެއެވެ. އެފަދަ ހާލަތެއްގައި މަތީގައި މިގެނެސްދެވުނު ރެމެޑީތައް ބޭނުން ކޮށްގެން އަޅުގަނޑުމެން އަމިއްލައަށް ގޭގައި ފަރުވާދެވިދާނެއެވެ.