English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ މަޝްހޫރު ޔޫޓިއުބް ތަރި ގްރޭސް ވިކްޓަރީ އަށް ކޮވިޑް19 ޖެހި މިވަގުތު ކޯމާއެއްގައި އޮތުމާ އެކު އިމަޖެންސީގައި ފަރުވާ ހޯދަމުން ދާކަމަށް ޑެއިލީ މެއިލްގައި ރިޕޯޓްކޮށްފި އެވެ.

އުމުރުން 30 އަހަރުގެ ގްރޭސް އަށް ކޮވިޑް ޖެހުނު އިރު އޭނާ އިނީ އަލަތު ދަރިފުޅަށް ބަލިވެއެވެ.

ވިހަން 2 ހަފްތާ އަށް ވެފައިވަނިކޮށް ކޮވިޑްގެ އަލާމާތްތައް ފެންނަމުން ދާތީ ހޮސްޕިޓަލަށް ދިޔުމުން ހެދި ޓެސްޓް ޕޮޒިޓިވްވެ ފަރުވާ ހޯދަމުން ދަނިކޮށް ހާލު ގޯސްވާހެން ހީވުމުން ޑޮކްޓަރުން ވަނީ އިމަޖެންސީގައި އޭނާ ވިއްސާފައެވެ. ޑޮކްޓަރުންނާ ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވަނީ ގްރޭސް ވިހެއި ދަރިފުޅުގެ ހާލު ރަނގަޅު ކަމަށާއި ނަމަވެސް ގްރޭސް އަށް ނެވާލާން އުނދަގޫ ވުމާއި ގުޅިގެން ހާލު ދެރަވުމުން އައިސީޔޫ އަށް ލުމަށްފަހު އޭނާ އަށް ފަރުވާ ދިނުމަށް ކޯމާ އެއްގައި ބާއްވަން ޖެހުނީ ކަމަށެވެ.

ހައިވޭ ކޮމްބް އަށް އުފަން ގްރޭސް ވަނީ ނަފްސާނީ ދުޅަހެޔޮކަން، ކެއުމުގެ ބަލިތައްފަދަ ތަފާތު އިޖްތިމާއީ މައުލޫތަކުގެ މައްޗަށް އޭނާ އުފައްދާފައިވާ ވީޑިއޯ ތަކާއި އެކު މީހުންގެ ހިތްތައް އަތުލައިފައެވެ.

ގްރޭސްގެ އިންސްޓަގްރާމްގައި އެނާގެ ބަލި ހާލަތު ބަޔާންކޮށް އާއިލާމީހަކު ލިޔެފައިވާ މެސެޖެއްގައި ބުނެފައިވަނީ، ގްރޭސް އަކީ އެކިމީހުންގެ އެކި ކަންތަކަށް ފަރުވާ ހޯދައިދިނުމުގައި އެހީވަމުން އައި މީހެއްކަމަށެވެ. އެހެންކަމުން މިއަދު އެންމެންގެ ކިބައިން އެދެނީ ގްރޭސް އަވަހަަށް ރަނގަޅުވެ އެނބުރި އައުމަށް ދުއާ ކޮށްދިނުމަށެވެ.

ގްރޭސް ބަލިން ރަނގަޅުވެ އަނބުރާ އައުމަށް އެދި އޭނާގެ އެތައް ފޭނުންނެއްދަނީ ހެޔޮދުއާ ކޮށް މެސެޖްތައް ކުރަމުންނެވެ.