English Edition
Dhivehi Edition

ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓުލުން ގާތްވެއްޖެއެވެ. ދިވެހިންގެ ނިންމުން ނިންމައި ބޭނުންވާ ގޮތަކަށް ވޯޓު ދިނުމުގެ ދުވަސް ޖެހެނީއެވެ. އެންމެންގެ ވެސް އުއްމީދަކީ ތިމާ ދިރިއުޅޭ ވަޒަނަށް ތަރައްގީ ގެނައުމެވެ. ފުދުންތެރި ދިރިއުޅުމެއް ފެނުމެވެ. މިއަދު ނޫންގޮތެއް ވުމެވެ.

އައްޑޫސިޓީއަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މާލެ ފިޔަވައި އެންމެ ތަރައްގީ ވެފައިވާ ތަނެވެ. ނޫންނަމަ ރާއްޖޭގެ އެންމެ ތަރައްގީ ދެވަނަ ސިޓީއެވެ. އެހެނަސް ހަގީގަތަކީ ނިސްބަތުން އާބާދީ ބޮޑު އައްޑޫސިޓީއަށް ފާއިތުވެ ދިޔަތަނުގައި މާ ބޮޑު ތަރައްގީއެއް އައިސްފައި ނުވާކަމެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް އައްޑޫމީހުންނަށް ދައްކަމުން އަންނަ ހުވަފެންތައް މިއަދާ ހަމައަށް ވެސް ކުލަވެފައެއް ނެތެވެ. މިއީ އައްޑޫގެ ގިނަ ރައްޔިތުން އަބަދުވެސް ގަބޫލުކުރާ ހަގީގަތެކެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ކުރިއަށް އޮތް ދައުރަށް އައްޑޫސިޓީގެ މޭޔަރ ކަމުގެ މަގާމަށް ސ.ހިތަދޫ ބްލޫވިލާ އާމިނަތު ދީދީ އާއި ސ.މަރަދޫފޭދޫ ޗަމްޕާޕޫލުމާގޭ އަބްދުއްސަމަދުގެ މުޙައްމަދު ލަތީފް ވާދަ ކުރައްވަވަނީ ރައްޔިތުންގެ މި ދެންނެވި އުއްމީދުތަކަށް ނިމުމެއް ގެނެސްދެއްވުވުމުގެ މަތިވެރި އަޒުމުގައެވެ. ތަފާތު އެތަކެއް ފަހަރު މަތިން އައްޑޫމީހުންނަށް ދެއްކި އަދި ކުލަނުވެވާ ހުވަފެންތައް ހަގީގަތަކަށް ހެއްދެވުމުގެ ބޭނުމުގައެވެ. އިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން މިހާތަނަށް ލިބިލެއްވެވި ހިކުމަތުގެ އަލީގައެވެ.

“އަފިރިންގެ ސިޓީ އަފިރިންނަށް، އަފިރިންގެ ރަށް އަފިރިންނަށް” މި ސްލޯގަން އާއެކު އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމަށް ނިކުންނެވި ލަތީފް އަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ އާއި ފައިނޭންސް އެންޑް އެކައުންޓިން އިން މަތީ ތައުލީމު ޙާސިލްކުރައްވަވާފައިވާ ޢިލްމީ ބޭފުޅެކެވެ. ތައުލީމާއި ވިޔަފާރީގެ ދާއިރާއިން ލިބިލައްވަވާފައިވާ 23 އަހަރު ދުވަހުގެ ތަޖުރިބާއާއެކު އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމަށް ލަތީފް ނިކުންނެވީ އިގްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން އައްޑޫގެ ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކޮށްދެއްވުމުގެ އަޒުމުގައެވެ.

މީގެ ކުރިން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މެނޭޖިން ޑައިރެކްޓަރ ކަމާއި މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޗެއަރމަން ކަމާއި އައިލެންޑް އޭވިއޭޝަން ސަރވިސް ލިމިޓެޑްގެ ބޯޑު ޑިރެކްޓަރ ކަމުގެ މަގާމު ލަތީފް ވަނީ ފުރުއްވަވާފައެވެ. މީގެ އިތުރުން ސްރީލަންކަން އެއާލައިންސްގެ ހެޑް އޮފް ޕަސެންޖަރ ސަރވިސް ކަމުގެ މަގާމު ފަދަ އިސް މަގާމުތައް ފުރުއްވަވާފައިވާ ލަތީފް އަކީ ދުނިޔެއަށް ލޯހުޅުވި ގިނަ ކަންކަމުގެ ތަޖުރިބާ ލިބިލައްވަވާ ގިނަ މީހުންނާއެކު މަސައްކަތް ކުރައްވަވާފައިވާ ހިކުމަތްތެރި ތަޖުރިބާކާރު ބޭފުޅެކެވެ.

“އައްޑޫގެ ލޮބުވެތި ރައްޔިތުން އަޅުގަނޑަށް މި މަގާމު ދެއްވައިފިނަމަ ހަމަ ޔަގީނުންވެސް މާޔޫސްވާކަށް ނުޖެހޭނެ. އަޅުގަނޑަށް ވޯޓު ދެއްވައިފިނަމަ އައްޑޫ އަކީ އިގްތިޞާދީ ގޮތުން ފުދުންތެރި ސިޓީއަކަށް ހެދުމާއެކު ހުރިހާ ޕާޓީއަކާއި ގުޅިގެން ތިޔަ ބޭފުޅުންގެ ކުރިއެރުމަށް އަޅުގަނޑު މަސައްކަތް ކޮށްދޭނަން” ޕީޕީއެމްގެ ޓިކެޓުގައި އައްޑޫސިޓީގެ އެންމެ އިސް މަގާމަށް ވާދަކުރައްވަވާ ލަތީފްގެ ބަހަކީ މިއީއެވެ.

ކުޅިވަރުގެ ދާއިރާއާއި ގުޅުން ހުރި ގިނަ މަސައްކަތްތަކެއް ކުރައްވަވާ އައްޑޫސިޓީއަށް ކުޅިވަރުގެ ރޮނގުން ރަން ވަނަތަކެއް ހޯއްދަވައިދެއްވެވި ލަތީފް ވަނީ ސެންޓްރަލް އޭޝިއަންސް ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް ކަމާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަންގެ މާކެޓިން އެންޑް ޑިވެލޮޕްމަންޓް ކޮމެޓީގެ މެމްބަރު ކަމުގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގެ މެނޭޖަރކަމާއި ވޮލޯ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ކަން ވެސް ކުރައްވަވާފައެވެ.

ޕީޕީއެމްގެ ޓިކެޓުގައި މޭޔަރ ކަމުގެ މަގާމަށް ވާދަ ކުރައްވަވާ ލަތީފް ވަނީ ލަތީފްގެ ކެމްޕޭން މީޑިއާ ޓީމުން ފޭސްބުކް މެދުވެރިކޮށް ގެނެސްދޭ “ރައްޔަތުންގެ ސުވާލަ ލަތީބެއަށް” ޝޯވގައި ރައްޔިތުން ފޮނުވާފައިވާ ގިނަ ސުވާލުތަކަށް ސާބިތުކަމާއެކު ޖަވާދު ދެއްވަވާ މަގާމު ލިބިލައްވަވައިފިނަމަ ވައުދުވި ގޮތަށް އެކަންތައް ތައް ކުރައްވަވާފައި ނޫނީ ހުއްޓަވާ ނުލައްވަވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަވާފައެވެ. އެގޮތުން އައްޑޫ ސިޓީގެ ކަރަންޓުގެ އަގުހެޔޮކުރުމަށް އައްޑޫ ސިޓީގައި މަދުވެގެން އެއް އަހަރު ދުވަހުގެ ތެލުގެ ރިޒާވެއް ގާއިމުވެފައި ހުންނަން ޖެހޭ ކަމަށް ލަތީފް އަބަދުވެސް ގަބޫލު ކުރައްވަވައެވެ.

މީގެ އިތުރުން އައްޑޫ ސިޓީއަކީ ރާއްޖޭގެ ނަންބަރު 1 ސިޓީއަށް ހެދުމަކީ ލަތީފް ގެ ތަސައްވުރު ކަމަށް ދެކިލައްވަވާ ލަތީފު އަންނަނީ އެކަމުގެ ތަސައްވަރު ވަރަށް ރަނގަޅަށް ހާމަ ކުރައްވަވަމުންނެވެ.

އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލައްވާ ފައިވާ 3 ކެންޑިޑޭޓުންގެ ތެރެއިން އެންމެ ހަރުދަނާ ސިޔާސަތެއް މިއަދާއި ހަމަޔަށް ރައްޔިތުންނާ ހަމަޔަށް ހާމަ ކުރައްވަވާފައިވާ ލަތީފް ވަނީ މޭޔަރ ކަމުގެ ފުރަތަމަ 2 އަހަރުތެރޭ ސްމާޓް ސިޓީ ,ކައުންސިލެއް ޤާއިމްކުރާނެ ކަމަށް ވިދާޅުވެފައެވެ. ހަމަ އެހެންމެ އައްޑޫސިޓީގެ ރައްޔިތުންނަކީ މައި ސަރުކާރަށް ސަލާން ނުޖަހާނެ ފަދަ ފުދުންތެރި ބަޔަކަށް ހެދުމަކީ ލަތީފް ގެ އެންމެ ބޮޑު ހުވަފެނެވެ.

އައްޑޫސިޓީގެ ރައްޔިތުންގެ ގިނަ އުއްމީދުތައް ފުރިހަމަ ކޮށްދިނުމަށް ލަތީފް ކުރައްވަމުން ގެންދަވާ މަސައްކަތުގައި ބޭނުންވަނީ ފުރުސަތެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެއް ފިކުރަކަށް އައްޑޫސިޓީގެ ހިންގުން ދީލާލާފައި އޮތް އޮތުން ދޫކޮށް ސިޓީ ތަރައްގީކޮށް ކުރިއެރުވުމަށް ލަތީފް އަށް ފުރުސަތު ދެއްވުމަކީ އައްޑޫސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކެންޑިޑޭޓް ނަމްބަރު 1 އާއެކު ވާދަކުރައްވަވާ ލަތީފް އެންމެ ބޮޑު އެދިލެއްވެވުމެވެ.