ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ގޮތްތަކެ އް ގެންގުޅޭނެ މީހެކެވެ. އަދި އެކަންތައްތައް ދެނަގަތުމަކީ އެމީހަކާއި އެކުގައި އުޅުމަށް ވަރަށް ފަސޭހަވާނެ ގޮތެކެވެ. އެމީހާގެ އުޅުމާއި އަމިއްލަ ވަންތަކަން ގިނަ ފަހަރަށް އަމިއްލައަށް ކިޔައި ނުދޭނެއެވެ. އެހެންނަމަވެސް އެކަން ދެނަގަނެވޭނެ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. އެގޮތުން އެމީހަކު ދިރިއުޅޭ ގެއަކީ އެންމެ ފަސޭހައިން އެކަން ދެނެގަނެވޭނެ ތަނެވެ.
ގޭގެ މައި ދޮރަކީ ވަރަށް ބޮޑަށް އެމީހެއްގެ އަމިއްލަވަންތަކަން ދައްކުވައިދޭ ތަނެކެވެ. އަދި ޙާއްސަކޮށް މައި ދޮރުފަތުގައި ލާފައި ހުންނަ ކުލައެވެ. ކުލައިގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ގޭގެ ބޭރު ދޮރުގައި ރަތް ކުލަ ލާފައި ހުރުމުން ދައްކުވައި ދެނީ އެގޭގެ ވެރިފަރާތަކީ ޖެހިލުންކުޑަ މީހެއްކަމެވެ. ނޫކުލަ ލާފައި ހުރުމުން އަންގައި ދެނީ އެމީހަކީ ވަރަށް އަވަހަށް ކަންކަމުގައި ދޫ ދޭމީހެއްކަމެވެ. ފެހިކުލައަކީ ސަޤާފަތް ދިރުވާހިތްވާ މީހުން ލާ ކުލައެވެ. އަދި ކަޅުކުލަ ލާފައި ހުންނަ ނަމަ އެގޭގެ ވެރިފަރާތަކީ އަމިއްލަ ފަޙުރުވެރިކަމަށް ލޯބިކުރާ މީހެއްކަން ދައްކުވައި ދެއެވެ.
ގޭގެ އެނދު ދަށް ސާފުނުކުރުމަކީ ވެސް މީހާ ދެނެގަނެވޭނެ ކަމެކެވެ. ގޭތެރެ ކިތަންމެ ތަރުތީބު ކޮށްފައި ހުރި ނަމަވެސް އެނދުދަށް ހަޑިކޮށް ހުރުމުން އެމީހަކީ އެހާ ހެލިފެލިވެ އުޅޭ ހީވާގި މީހެއް ނޫންކަން އެނގިގެން ދެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި ހީވާގި މީހުން އެމީހުންގެ ވަށައިގެންވާ މާހައުލު ސާފުކޮށް ބެހެއްޓުމަށް ވަރަށް މަސައްކަތް ކުރާނެއެވެ.
ނިދާ އެނދު ނުވަތަ ތަންމަތި އަޅާފައި ހުންނަ ނަމަ އެމީހަކީ ހަށިގަނޑަށް ބަލައިގެން އުޅޭ މީހެކެވެ. އެގޮތުން އެމީހަކީ އާއްމުކޮށް ގަވައިދުން ކަސްރަތުކުރާ މީހެކޭ ބުނެވިދާނެއެވެ. އަދި އެފަދަ މީހުން ވަޒީފާދެކެ ވެސް ވަރަށް ލޯބިވާނެއެވެ.
އިށީނުމަށް ބޭނުންކުރާ ގޮނޑިއަކީވެސް އެމީހަކު ދެނެގަތުމަށް ފަސޭހަގޮތެކެވެ. ހަރު ގޮނޑީގައި އިށީދެގެން ތިބޭ މީހުން އާއްމުގޮތެއްގައި ކަންކަމުގައި ޒުވާބުކުރުމާއި ގޮތް ދޫނުކުރުމުގެ އާދަ ގެންގުޅޭނެއެވެ. ފަހުގެ ދިރާސާއަކުން ދައްކާގޮތުގައި ހަރު ގޮނޑީގައި ތިބޭމީހުންގެ ސިކުނޑިއަށް ކުރާ ބާރު ބޮޑެވެ.
ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ދިރިއުޅޭތަން ހަޑިކޮށް ގެންގުޅޭ މީހުންގެ ހިޔާލް ތަނަވެސްވެފައި އަމިއްލަ އުފެއްދުންތެރިކަން ރަނގަޅެވެ. ނަމަވެސް ސާފުކޮށް ތަރުތީބުން ދިރިއުޅޭތަން ގެންގުޅޭ މީހުންނަކީ އެހެންމީހުންނަށް އަޅާލައި އޯގާތެރި ބައެކެވެ.
އެހެންކަމުން މީހެއްގެ ހަޤީގަށް ދެނެގަތުމަށް މިހާރު އުނދަގުލެއް ނޫނެވެ. ކޮންމެ މީހަކީވެސް އެމީހެއްްގެ އަމިއްލަ ގޮތްތަކެއް ގުންގުޅޭނެ މީހަކަށްވާތީ އެކަންތައް ދެނެގަތުމަށް ކޮންމެހެން އެމީހެއްގެ ކައިރިން އަހާކަށް ނުޖެހެއެވެ.