English Edition
Dhivehi Edition

11 އެޕްރިލް 2021 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ 10 އެޕްރިލް 2021 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ހަމަޖެހިފައި ވާއިރު، އިންތިޙާބާއި ގުޅޭ އެކި އެކި މަސައްކަތް ތަކުގައި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހަރަކާތްތެރި ވާނެތީ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައި ފާހަގަ ކޮށްފައިވެއެވެ.

މީގެ އިތުރުން ކަލަންޑަރުގައި ވާ ގޮތުން 1442 ވަނަ އަހަރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އެޕްރިލް މަހުގެ 13 ވަނަ ދުވަސް ކަމުގައި ވެެއްޖެނަމަ، މި އެޕްރިލް މަހުގެ 12 ވާ ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސަވައިފި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙު ވިދާޅުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނުގައި ވެއެވެ.