English Edition
Dhivehi Edition

ކްރިމިނަލް ކޯޓުގެ ގާޟީ ޙަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީން) ބަލަން ފަށައިފިއެވެ.

ޖޭއެސްސީން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި މައްސަލައަކީ ގާޟީ ޙަސަން ސައީދު ފެމިލީ ކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި ދުވަސްވަރު ފެމިލީ ކޯޓުގެ ފަރާތުން އެ ކޯޓުގެ މުވައްޒަފުން ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއް ކޮށްދިން މައްސަލައެއްކަމަށެވެ.

މި މައްސަލަ ތަހުޤީޤު ކުރުމަށް މާރޗް މަހުގެ 17 ވަނަ ދުވަހު ބޭއްވި ޖަލްސާއެއްގައި ޖޭއެސްސީން ނިންމާފައިވާއިރު ޤާޟީ ހަސަން ސައީދުގެ އިތުރު މައްސަލައެއް ވެސް ތަޙްޤީޤު ކުރަން ވަނީ ނިންމާފައެވެ. މި ގޮތުން ދެން ބަލަމުންދާ މައްސަލައަކީ ގާޟީ ހަސަން ސާއިދު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކުރެއްވި އަމުރާއި ގުޅިގެން ބަލަމުންދާ މައްސަލައެކެވެ. މި މައްސަލަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ.

މީގެ ކުރިންވެސް ގާޟީ ހަސަން ސައީދުގެ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު 2016 ވަނަ އަހަރު ވެސް އޭނާ ސަސްޕެންޑްކޮށް، ގިނަ ދުވަސްތަކެއް ވަންދެން މަސްއޫލިއްޔަތުތަކުން ދުރުކޮށް، ބެހެއްޓިއެވެ.