English Edition
Dhivehi Edition
ކްރިމިނަލް ކޯޓު - ފޮޓޯ: އަވަސް

ގިނަ އަަދަދެއްގެ ޑޮލަރުތަކަކާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރު ކުރި އިންޑިއާ މީހާގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

މި މައްސަލައާއި ގުޅިގެން މި މަހުގެ 2 ވަނަ ދުވަހު ހައްޔަރުކުރި މީހާގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ 5 ދުވަހެއެވެ. އަދި އިއްޔެ އެ މީހާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އިތުުރު 10 ދުވަސް ވަނީ ޖަހައިފައެވެ.

ދަބަހެއްގައި ފޮރުވާފައި ހުރި ގިނަ އަދަދެއްގެ އެމެރިކާ ޑޮލަރު ފެނުނު މައްސަލައިގައި ހައްޔަރުކުރި މި މީހާގެ ބަންދު އަމުރުގައި ބުނެފައި ވަނީ މި މައްސަލައިގައި އޭނާގެ އަތުން ހިފެހެއްޓި ފައިސާ އަކީ ސައްހަ ގޮތުގައި ހިފަހަައްޓާފައިވާ ފައިސާ ކަމަށެވެ. އޭނައަކީ ވަރަށް ގިނައިން ރާއްޖެ އެތެރެެވެ އަދި ޖެހިގެން އަންނަ ދުވަހު ފުރައިގެން ދާ މީހެއް ކަން ފާހަގަކޮށް ކޯޓު އަމުރުގައިވަނީ އޭނާގެ އަތުން އޭނާގެ ނަމުގައި އޮތް ދެ ޕާސްޕޯޓެއް ފެނިފައިވާ ކަމަށް ބުނެފައެވެ.